އިހަވަންދޫ، ތުރާކުނު އަތްދަށުވެއްޖެ

މުޙައްމަދު އަކުރަމް

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް – 2022” ގެ ނަމުގައި، ހއ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ބާއްވާ ފުޓްސަލްމުބާރާތުގައި އިހަވަންދޫ ޓީމްގެ ދެވަނަ މެޗްގައި މިއަދު ތުރާކުނާ ދެކޮޅަށް ކުޅެ ބަލިވެއްޖެއެވެ.

ތުރާކުނުންމިމެޗް ކާމިޔާބުކުރީ 8-2 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި ތުރާކުނުންޖެހި 8 ގޯލްގެ ތެރެއިން 5 ގޯލް ޖަހައިދިނީ މެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދި، ތުރާކުނު ޓީމްގެ ކެޕްޓަން އަހުމަދު ހުޝާމްއެވެ. އެޓީމްގެ އަހްމަދު ސިރާޖް ދެ ގޯލް ޖެހިއިރު ހުސައިން އަޒީމްވެސް ގޯލެއް ޖަހިއެވެ. އިހަވަންދޫ ޓީމުންޖެހި ދެ ގޯލް ޖެހީ މަދީހް އަދި ފަވާޒްއެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި އިހަވަންދޫ ޓީމަށް އަދި ބާކީ ދެ މެޗް އެބައޮތެވެ. މާދަމާރޭ 21:00 ގައި އިހަވަންދޫ ޓީމް ނުކުންނާނީ މުރާދޫއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖް ފަހު މެޗްގައި މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 އިހަވަންދޫ ޓީމް ނުކުންނާނީ ކެލާ އާދެކޮޅަށެވެ.

ޗެމްޕިއަން ޓީމަށް 15،000ރ، ރަނަރއަޕް ޓީމަށް 10،000ރ އަދި ފެއަރޕްލޭ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގެ ކުޅުން ކުރިޔަށް ދަނީ އުތީމް ފުޓްސަލް ދަނޑު ގައެވެ.