Banner Image Description

އިހަވަންދޫ ކައުންސިލްގެ ވަޒީފާތަކަށް މީހުންނެގުން ސިވިލްސާވިސް ކޮމިޝަނަށް

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލް އިދާރާއަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ ރެކްރޫޓްމަންޓް ޕްރޮސެސް، ސިވިލް ސާވިސް ކޮމިޝަނުން ކުރިޔަށް ގެންދާގޮތަށް އެކޮމިޝަނުން ނިންމައިފިއެވެ. މިގޮތަށް އެކޮމިޝަނުން ނިންމައި އެކަން އިހަވަންދޫ ކައުންސިލަށް އެންގީ މިމަހު 23 ވަނަ ދުވަހު އިހަވަންދޫ ކައުންސިލަށް ފޮނުވި ސިޓީއަކުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިހަވަންދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި އޮތީ، ރެކްރޫޓްމަންޓް ޕްރޮސެސްއަކީ ދިވެހި ސިވިލްސާވިސް ޤާނޫގެ ދަށުން ސިވިލް ސާވިސް ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއްކަމަށާ، އެމަސްއޫލިއްޔަތުގެ ތެރެއިން ކަނޑައަޅާކަންކަން، އެޤާނޫނުގެ ދަށުން އޮފީސްތަކާއި ހަވާލުކުރިނަމަވެސް އެކަންކަމުގެ ޤާނޫނީ ޒިންމާ އުފުލަންޖެހެނީ ސިވިސްސާވިސް ކޮމިޝަނަށް ކަމަށެވެ. އިހަވަންދޫ ކައުންސިލް އިދާރާގެ ރެކްރޫޓްމަންޓް ޕްރޮސެސް ސިވިލް ސާވިސް ކޮމިޝަނުން ކުރިޔަށް ގެންދިއުމަށް އެކޮމިޝަނުންން ނިންމިކަން އެސިޓީގައިވަނީ އިހަވަންދޫ ކައުންސިލަށް އަންގާފައެވެ. ސިވިލް ސާވިސް ކޮމިޝަނުން މިފަދަ ނިންމުމެއް ނިންމާފައިމިވަނީ ކީއްވެގެންކަމެއް ހާމައެއްނުކުރެއެވެ. ނަމަވެސް މިފަހުން އިހަވަންދޫ ކައުންސިލުން، ކުރިޔަށް ގެންދިޔަ ރެކްރޫޓްމަންޓް މަސައްކަތަކާއިގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން މައްސަލަތަކެއް ބަލާފައިވެއެވެ.