ޣާޒީ ދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމްކުރުމަށް ތިޙްނާން އިންވެސްޓްމެންޓާ ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫގައި ޓާފް އަޅައިގެން ތަރައްޤީކޮށްފައިވާ ޣާޒީ ދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމްކުރުމަށް ތިޙްނާން އިންވެސްޓްމެންޓާ ހަވާލުކޮށްފިއެވެ. މިމަސައްކަތް ތިޙްނާން އިންވެސްޓްމެންޓާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޣާޒީ ދަނޑަކީ މިވަގުތު އިހަވަންދޫގައި އޮތް ރަނގަޅުފެންވަރަކަށް ތަރައްޤީކޮށްފައިވާ ހަމައެކަނި ފުޓްބޯޅަ ދަނޑެވެ. ފުޓްސަލް ދަނޑު ވޮލީ ކޯޓަކަށް ބަދަލުކޮށްފައި ވުމާއިއެކު މިހާރު އިހަވަންދޫގެ ޒުވާނުން ފުޓްސަލް ކުޅޭނެ ދަނޑެއްނެތެވެ.