Banner Image Description

ޝެއިހް އާދަމް ޝަމީމުގެ ހާއްސަ ދަރުހެއް ބާއްވަނީ

މުޙައްމަދު އަކުރަމް

ޝެއިހް އާދަމް ޝަމީމުގެ ހާއްސަ ދަރުހެއް މާދަމާރޭ އިހަވަންދޫ އޯޕަން ސްޓޭޖްގައި އޮންނާނެކަމަށް އިހަވަންދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.

“ހެޔޮނުވާނެ” ގެ ނަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 20:30 ގައެވެ. މިއީ އިހަވަންދޫ ކައުންސިލާއި ޕޮއިސް، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، އިހަވަންދޫ ސްކޫލް އަދި ކްލަބް ޕޯލްސްޓާރ ގުޅިގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މީގެ އިތުރުން ހުކުރު ދުވަހު އަސުރު ނަމާދަށްފަހު މަސްޖިދުލް ނަސްރުގައި އަދި އިޝާ ނަމާދަށްފަހު މަސްޖިދުއް ތައުބާގައިވެސް ޝެއިހް އާދަމް ޝަމީމުގެ ދަރުސް ތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މާދަމާ ރޭ ގެދަރުސް މިނޫހުގެ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލުން ލައިވް ކުރާނެއެވެ.