Banner Image Description

ޑުޕްލެކްސްއާ ބިން ހަވާލުކުރުމުން މަސައްކަތް ފަށައިފި

.

އިހަވަންދޫ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. އެބިން ޑުޕްލެކްސްއާ ހަވާލުކުރީ މިމަހުގެ 7 ވީ އަންގާރަ ދުވަހުއެވެ.

އިއްޔަ ހޮސްޕިޓަލް އަޅެމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބިން ސާފުކުރަން ފަށާފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ޑުޕްލެކްސް އިން ވަނީ ބިން ސާފުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ހޯދަންޖެހޭ ހުއްދަތައް ހޯދާފައެވެ.

އިހަވަންދޫގައި އަޅަން ހަމަޖެހިފައިނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މީގެއިތުން މިޕްރޮޖެކްޓްގެ ދަށުން އެކޮމަޑޭޝަން ބްލޮކަކާ ސާވިސް ބިލްޑިންގް އެއްވެސް އިމާރާތްކުރާނެއެވެ. ޑުޕްލެކްސް އާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކަރ ފައިނޭސްގެ އުސޫލުންނެވެ. 123.3 މިލިޔަން ރުފިޔާގެ އަގަކަށް ހަވާލުކުރި މިމަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.