Banner Image Description

އިހަވަންދޫގެ ފުރަތަމަ 3 ހާފިޒުންނަށް، ކޮންމެ ހާފިޒަކަށް 50000ރ

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ރައްޔިތުންގެ ތެރެއިން އެންމެ ފުރަތަމަ ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ 3 މީހުންނަށް ކޮންމެ މީހަކަށް 50،000ރ ގެ އިނާމެއް ހުށަހަޅައިފިއެވެ. މިކަން އިއުލާންކުރެއްވީ “ހެޔޮ ނުވާނޭ” ގެ ނަމުގައި މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ބޭއްވި ޝެއިހް އާދަމް ޝަމީމުގެ ހާއްސަ ދަރުސް ފުށުމުގެ ގޮތުން ވާހަކަ ދައްކަވަމުން، އިހަވަންދޫ ކައުސިލްގެ ރައީސް އަހްމަދު ސޮބާހް އެވެ.

ސޮބާހް ވިދާޅުވީ، މިކަމަށް ހަރަދުކުރަނީ ކައުންސިލުން ނޫންކަމުގައެވެ. “މިކަމަށްޓަކާ ހެއޮއެދޭ ފަރާތަކުން، އެފަރާތުގެ މަންމައާ ބައްޕަގެ ނަމުގަދޭ ހައްސާ އިނާމެއް މިއީ” ސޮބާހް ވިދާޅުވިއެވެ. ސޮބާހް ވަނީ ހާފިޒުން އުފެއްދުމަށް އެފަރާތުން އެދެއްވާ ހިއްވަރަށް ޝުކުރު އަދާކުރައްވާފައެވެ. މިއީ އިހަވަންދޫގެ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންދާނެ ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވައި މިހާރުވެސް ބައެއް ދަރިވަރުންނާއި އާންމުންވެސް ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތްކުރަމުން ދާކަން ފާހަގަކުރައްވާ އެފަރާތްތަކަށް ހިއްވަރު ދެއްވާފައެވެ.

ސޮބާހް އިތުރަށް ވިދާޅުވީ މިހާރުވެސް ކޮންމެ އަހަރަކު ރޯދަމަހު ހިފުޒުކޮށް ތަރާވީސްކުރުމަށް 4 ހާފިޒުން ގެންނަކަމަށާއި އެކަމަށް 2 ލައްކަ ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ކޮންމެ އަހަރަކުވެސް ހިނގާ ކަމުގައެވެ. ރަށުން ހާފިޒުން އުފެދިއްޖެނަމަ އެހަރަދުތައް ކުޑަވެ ރަށުގެ ބަޔަކަށްއެ އާމްދަނީ ލިބިގެން ދާނެކަން ސޮބާހް ފާހަގަކުރެއްވިއެވެ.