މާދަމާ ޓިނުހަރުގެ ރޫޅާލަނީ

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ދެކުނު ފަރާތު ބަނދަރުމަތީ އިރަށް ހުރި ތެޔޮ ބަނޑަހައާ އިންވެގެން އިރުމަތީ ފަރާތުގައި ހަދާފައި ހުރި “ޓިނު ހަރުގެ” (ނަލަމައިޒާން) ރޫޅާލުމަށް ހަމަޖެހިފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެފިއެވެ.

އިހަވަންދޫ ކައުންސިލުން މިއަދު އިޢުލާނުކޮށްފައިވާ ގޮތުގައި ނަލަމައިޒާން އޭ ކިޔާ އިމާރާތް ރޫޅައި އެބިން ހުސްކުރުމުގެ މަސައްކަތް މާދާމާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން އެބިމުގައި އެއްވެސް ފަރާތެއްގެ މުދަލެއް ވާނަމަ މިރޭ 11:00 ގެ ކުރިން އެ އެއްޗެއް ގެންދިއުމަށް އެދޭކަމަށް ވެސް އިހަވަންދޫ ކައުންސިލްގެ އިޢުލާނުގައި ވެއެވެ.