Banner Image Description

ސްކޫލުންދޭ ހުއްދައެއްގެ ދަށުން ގްރޭޑް 11 އަދި 12 ގެދަރިވަރުންނަށް މިހާރު ސްކޫލްގައި ފޯނު ބޭނުންކުރެވޭނެ

މުޙައްމަދު އަކުރަމް

ސްކޫލުންދޭ ހުއްދައެއްގެ ދަށުން ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ސްކޫލް ގަޑީގައި މޯބައިލް ފޯން ބޭނުންކުރެވޭގޮތަށް “ސްކޫލް ދަރިވަރުންގެ އާއްމު ގަވާއިދު” ނެރެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މިމަހުގެ 28 ގައި ނެރެފައިވާ މި ޤަވާއިދުގެ ބޭނުމަކީ ހުރިހާ ދަރިވަރުން އަމަލު ކުރާނެ އެއް މިންގަނޑެއް އޮތުމެވެ. އެގޮތުން ސްކޫލްތަކުގައި ދަރިވަރުން އުޅޭއިރު ދަރިވަރުން އަމަލުކުރާނެ ގަވާއިދެއް އޮތުމާއި، ސްކޫލުން ބޭރުގައި ދަރިވަރުންގެ އުޅުން ބައްޓަން ކުރާނެ މިންގަނޑުތަކެއް ކަނޑައެޅިފައި އޮތުމަކީ މުހިންމުކަމެއް ކަމަށް އެ ޤަވާއިދުގައިވެއެވެ. މިފަދަ ޤަވާއިދެއް އެކުލަވައިލުމަކީ ތަޢުލީމުގެ ޤާނޫނުން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް މަތިކޮށްފައިވާ ކަމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އާއްމުކޮށް، ސްކޫލް ދަރިވަރުންގެ އާއްމު ގަވާއިދަށް ޢަމަލުކުރަން އަންގާފައެވެ. މި ގަވާއިދާ އެއްގޮތަށް ސްކޫލްތަކުގެ މުވައްޒަފުންނާ، ދަރިވަރުންނާ އަދި ބެލެނިވެރިންވެސް ޢަމަލުކޮށް އެޤަވާއިދު ތަންފީޒްކުރަންޖެހެއެވެ.

މި ގަވާއިދުގައި ވަނީ ސްކޫލް ދަރިވަރުންގެ އަޚުލާގީ މިންގަނޑު ހުންނަންޖެހޭ  ގޮތްތަކާއި، ސްކޫލަށް ހާޒިރުވުމާއި ދަރިވަރުންގެ ޔުނިފޯމް ކޯޑުގައި ހުންނަންޖެހޭ މިންގަނޑު ކަނޑައަޅާފައެވެ. އަދި ސްކޫލާއި، ސްކޫލުން ބޭރު ހަރަކާތްތަކުގައި ބައިވެރިވުމުގައި ޢަމަލު ކުރާނެ ގޮތް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ސްކޫލުން ބޭރުގައި ހިނގާ ފިލްމު، ތަމްސީލް، އިޝްތިހާރު ނުވަތަ މީޑިއާގައި ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވެވޭނީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާއެކު ކަމަށް ވަނީ ބުނެފައެވެ. އެ ގަވައިދުވާ ގޮތުން ތަޢުލީމުގެ ބޭނުމަށް ހިންގޭ ތަމްރީންތައް ފިޔަވާ، 16 އަހަރުން ދަށުގެ ކުދިން އެއްވެސް ވަޒީފާއެއް އަދާކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. މީގެއިތުރުން ސްކޫލް ދަރިވަރުން ކުރުން މަނާ ކަންތައްތައް ގަވާއިދުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބެލެނިވެރިއެއްގެ ހުއްދައާއި ނުލާ ރޭގަނޑު 10:00ގެ ފަހުން ސްކޫލް ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފައިވާއިރު އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުންވެސްވަނީ ދަރިވަރުންނަށް މަނާކޮށްފައެވެ.

މިޤަވާއިދާ ޚިލާފުވާ ދަރިވަރުންނާ މެދު “ބިހޭވިއަރ މެނޭޖްމަންޓް ޕޮލިސީ” އާއި އެއްގޮތަށް ޢަމަލު ކުރަންޖެހެއެވެ.

ޚިޔާލު ފައުޅުކުރުން

މި ނޫސް ކިޔަނީ ދެން ވަކި ކާކު؟
އަހަރުން ސުކޫލަށް ފޯނު ގެންދާތާ ކޮން ޒަމާނެއް.. މާ އަވަސް ކަންނޭނގެ ތި ހުއްދަ ދޭން..