Banner Image Description

ޔުނިޓީ އާއި ޑަބްލިޔުޑީސީ ގެޅިގެން ނަމާދު ވޯކްޝޮޕެއް ހިންގަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫގައި ހަރަކާތްތެރިވާ އެންޖީއޯއެއް ކަމަށްވާ ޔުނިޓީއާ، އިހަވަންދޫ އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ނަމާދު ވޯކްޝޮޕެއް ބާއްވަން އިއުލާން ކޮށްފިއެވެ.

މިވޯކްޝޮޕް ކުރިޔަށް ގެންދަވަނީ އައްޝައިހް ޙުސައިން ރީޙާން އަދި އައްޝައިޚް ޢަބުދުﷲ އާމިރުއެވެ. މިވޯކްޝޮޕްގައި ނަމާދާ ގުޅޭ ޙުކުމްތައް ކިޔައިދިނުމާއި ނަމާދުގައި ކިޔައި ޒިކުރުތައް ހިތުދަސްކޮށްދިނުން ކުރިޔަށް ދާނެއެވެ.

މިވޯކްޝޮޕް ހާއްސަކޮށްފައިވަނީ އުމުރުން 7 އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިންނަށެވެ. ވޯކްޝޮޕްގައި ބައިވެރިވަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް ހާއްސަކޮށްފައިވާ ފޯމް ފުރަން ޖެހެއެވެ.

https://forms.gle/6m1kow3uFqr6M1Cx9

މިރަމަޝަންމަހުވެސް ޔުނިޓީއިން ދަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ޕްރޮގްރާމާތަކެއް ހިންގަމުންނެވެ.