Banner Image Description

އިހަވަންދޫގެ 4 މިސްކިތެއްގައި ނެވިލޯނު އެޅުން އެރިސްޑެކަރއާ ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫގައި ހުކުރުކުރާ 4 މިސްކިތުގައި އެޅުމަށް ބޭނުންވާ ނެވިލޯން ސަޕްލައިކޮށްދީ އިންސްޓޯލް ކުރުމުގެ މަސައްކަތް އެރިސްޑެކަރއާ ހަވާލުކޮށްފިއެވެ.

އެރިސްޑެކަރ އާ މިމަސައްކަތް ހަވާލުކުރީ މިއަދު އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއެއްބަސްވުމުގައި އިހަވަންދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަހްމަދު ސޮބާޙް ސޮއެކުރެއްވިއިރު އެރިސް ޑެކަރގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރީ އެރިސްޑެކަރގެ ވެރިޔާ އިބްރާހިމް ރަޝީދުއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާޙް ވިދާޅުވީ މިމަސައްކަތް އެރިސްޑެކަރއާ ހަވާލުކުރީ 75 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 559440ރ ގެ އަގަކަށެވެ. މިމަސްރުޢުގެ ދަށުން އިހަވަންދޫގައި ހުކުރުކުރާ 4 މިސްކިތުގައި ނެވިލޯން އަޅާނެއެވެ.

އިހަވަންދޫ ކައުންސިލުންވަނީ އިހަވަންދޫގައި ހުކުރުކުރާ 4 މިސްކިތުގައި ސޯލާ ޕެނަލްވެސް ހަރުކޮށްފައެވެ. އެކަމުގެ ސަބަބުން މިސްކިއްތަކުގެ ކަރަންޓަށް ކުރަންޖެހޭ ހޭދަ ވަރަށްބޮޑުތަނުން ދަށްކުރެވިފައިވާކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތުދެއެވެ.