Banner Image Description

އައުޓްޑޯ ޖިމެއް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ސަޕްލައިކޮށްދިނުމަށް ބްރިލިއަންޓް ކުންފުންޏާ ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫގައި އައުޓްޑޯ ޖިމެއް ގާއިމުކުރުމަށް ބޭނުންވާ އިކްއިޕްމަންޓްސް ސަޕްލައިކޮށްދިނުމަށް ބްރިލިއަންޓް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކުރީ މިއަދު އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސަބާހް ވިދާޅުވީ މިމަސައްކަތް ބްރިލިއަންޓް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރީ -/199800 ( އެއްލައްކަ ނުވަދިހަ ނުވަހާސް އަށްސަތޭކަ ) ރުފިޔާގެ އަގަކަށެވެ. މި އެއްބަސްވުމުގެ ދަށުން 60 ދުވަހުގެތެރޭގައި އައުޓްޑޯ ޖިމެއް ގާއިމުކުރުމަށް ބޭނުންވާ އިކްއިޕްމަންޓްސް ސަޕްލައިކޮށްދޭންޖެހެއެވެ.

އައުޓްޑޯ ޖިމް ޤާއިމްކުރާނެ ވަކިސަރަހައްދެއް އަދި ފައިނަލް ކޮށްފައިނުވާކަމަށާއި، އެމަސައްކަތް ކުރިޔަށްދާކަމަށް ސޮބާހް ވިދާޅުވިއެވެ.