Banner Image Description

ފޫގޮސްފައި އޮތް އާރުޓީއެލް ގެ ޓިކެޓް ނިޒާމް ރަނގަޅުކޮށްފި

މުޙައްމަދު އަކުރަމް

“ރާއްޖެ ޓްރާންސްޕޯޓް ލިންކް” (އާރުޓީއެލް) ގެ ފެރީ ޓިކެޓިކެޓް ނިޒާމްގައި ހުރި ބާގަނޑުތައް ބައްދައި ޓިކެޓް ޕޯޓަލްގެ ރޫޓްތައް އަޕްޑޭޓްކޮށްފިއެވެ. މިއަޕްޑޭޓް، ޓިކެޓް ޕޯޓަލަށް ގެނެސްފައިވަނީ މިރަމަޞާންމަސް ފެށުމާއިއެކުއެވެ.

ޓިކެޓް ޕޯޓަލްގައި ކުރިންހުރި ބާގަނޑު ތަކުގެ ސަބަބުން 300ރ އަށް ދެކޮޅަށް ކުރަން ކަނޑައަޅާފައި ހުރި ދަތުރު 70ރ އަށް ކުރެވެއެވެ. މިހެން ދިމާވަނީ އެއްމަންޒިލުން އަނެއް މަންޒިލަށް ދަތުރުކުރުމަށް ޓިކެޓް ނަގާއިރު ދިގު ރޫޓްތަކުންވެސް ދަތުރުކުރެވޭ ގޮތަށް ޓިކެޓް ޕޯޓަލްއިން އިހްތިޔާރު ދޭތީއެވެ. މިހާރުވަނީ އެގޮތަށް ދައްކާ ރޫޓްތައް ޓިކެޓް ޕޯޓަލްއިން އުނިކޮށްފައެވެ.

ޓިކެޓް ޕޯޓަލްގައި ކުރިންހުރި މައްސަލަތަކުގެ ސަބަބުން، އަގުހެޔޮކޮށް ދަތުރުކުރަން ގިނަ ބަޔަކު ދިގު ރޫޓްތަކުން ޓިކެޓް ނަގާތީ އަދި ބޭނުންވާ މަންޒިލަށް ދެވުމުން ބާކީ ޓިކެޓް ހުއްޓައި، ދަތުރުން ފާބާތީ، ދަތުރު ނުކުރާ ޝީޓްތަކެއް ބުކްވެފައިހުރެއެވެ. އެހެންކަމުން ޖާގަ ބޭނުންވާ ފަރާތްތަކަށް ލޯންޗް ފުލްވެ ޖާގަ ނުލިބުމުގެ މައްސަލަތައްވެއް އައީ ދިމާވަމުންނެވެ.

އާރުޓީއެލް ތައާރަފްވުމުގެ ކުރިންވެސް ހއ އަތޮޅުގައި ހާއްސަކޮށް އިހަވަންދިއްޕޮޅުގައި ވާދަވެރި މާހައުލެއްގައި އާންމުފަރާތްތަކުންވެސް އައީ ހައިސްޕީޑް ލޯންޗްގައި ފެރީ ދަތުރުކުރަމުންނެވެ. އާރުޓީއެލް ތައާރަފްކުރުމާއިއެކު ޕްރައިވެޓް ލޯންޗްތަކުން ފެރީކުރާ އަގު އާރުޓީއެލްގެ ރަސްމީ އަގުތަކާ އެއްހަމަކޮށް ވާދަވެރި މާހައުލެއްގައި ދަތުރުކުރަންފެށިއެވެ. ނަމަވެސް އާރުޓީއެލް ޓިކެޓް ޕޯޓަލްގައިހުރި ބާގަނޑުތައް އާންމުންގެ ސަމާލުކަމަށްއައިސް އާދަޔާއިހިލާފު ކުޑަ އަގެއްގައި ދަތުރުކުރަން ފެށުމުން، ޕްރައިވެޓް ލޯންޗްތަކުން ކުރަމުންއައި ފެރީދަތުރުތައް ހުއްޓާލީއެވެ.

އާރުޓީއެލް ގެ ދަތުރުތައް ހއ އަތޮޅުގައި ފަށައިފި 2022 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ.

ޚިޔާލު ފައުޅުކުރުން

ކުދި ވިޔަފާރިތައް ބަނގުރޫޓު ކޮށްލުމަށް ސަރުކާރުން ރޭވުންތެރިކަމާއެކު ކުރަމުންދާ ކަންތައްތަކުގެ ބޮޅެއް މިއީވެސް.