އާރުޑީސީ އިހަވަންދޫ ސައިޓަށް 21 މުވައްޒަފުން ހޯދަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫގެ މަގުތައްހަދައި ތާރުއެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އިހަވަންދޫ ޕްރޮޖެކްޓް ސައިޓަށް މުވައްޒަފުން ހޯދަން އިޢުލާންކޮށްފިއެވެ. އެގޮތުން އެކުންފުންނިން މިއަދުވަނީ އިހަވަންދޫ ޕްރޮޖެކްޓް ސައިޓްގެ މަސައްކަތަށް ބޭނުންވާ 21 ސްޓަރފަކު ހޯދަން އިއުލާންކޮށްފައެވެ.

އާރުޑީސީއިން ހޯދަން ބޭނުންވާ ކަމަށް އިއުލާންކޮށްފައިވަނީ 1 ސްޕަވައިޒަރު، 1 ޕްރޮޖެކްޓް އެސިސްޓެންޓް، 1 މޭސަން، 1 ހެވީ ވެހިކަލް އޮޕަރޭޓާރ، 1 އިލެކްޓްރީޝަން، 1 އެސިސްޓެންޓް ވެލްޑަރ، 1 އެސިސްޓެންޓް ކާޕެންޓަރ، 4 ސެކިއުރިޓީ ގާޑް އަދި 10 ސަޕޯޓް ސްޓަރފުންނެވެ. އެކުންފުނިން އިއުލާންކޮށްފައިވާ ހުރިހާ ވަޒީފާއެއްގެވެސް މުސާރައަށް 8000ރ އަށްވުރެ މައްޗެވެ. އެ ވަޒީފާތަކަށް ޝައުގުވެރިވާ  ފަރާތްތަކުން މިހިނގާ އޭޕްރީލް މަހުގެ 20 ވަނަދުވަހުގެ 12:00 ގެކުރިން ވަޒީފާއަށް އެދި ހުށަހަޅަންޖެހެއެވެ.

އާރުޑީސީއާ، އިހަވަންދޫގެ މަގުތައްހަދައި ތާރުއެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 102،846،733.89 މިލިއަން ރުފިޔާގެ އަގަކަށް 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.