ކުލަބު ޕޯލްސްޓަރގެ 21 ވަނަ ޤުރުއާން މުބާރާތުގެ ކިޔެވުން ފަށައިފި

މުޙައްމަދު އަކުރަމް

ކުލަބު ޕޯލްސްޓަރގެ 21 ވަނަ ޤުރުއާން މުބާރާތުގެ ކިޔެވުން ފަށައިފިއެވެ. އިހަވަންދޫ މަދަރުސާގައި ކުރިޔަށްދާ މިމުބާރާތުގެ ކިޔެވުން ފަށާފައިވަނީރެއެވެ.

ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއެކު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް ހއ. އިހަވަންދޫގައި އުފެއްދުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މިމުބާރާތް ކުރިޔަށް ދާނީ މާދަމާ ހަވީރާއި ހަމަޔަށެވެ. މިމުބާރާތް ކުރިޔަށްދަނީ 6 ދަންފަޅިއަކަށް ބަހާލައިގެންނެވެ.

މިމުބާރާތުގެ 1 ވަނަ އަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމު، 2 ވަނަ އަށް 3000 ރުފިޔާގެ ފައިސާގެ އިނާމު އަދި 3 ވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައި ވެއެވެ.

މިއީ އިހަވަންދޫގައި މެދުނުކެނޑި ކުރިޔަށްދާތާ އެންމެ ގިނަދުވަސްވީ ޤުރުއާން މުބާރާތެވެ.