Banner Image Description

މިފަހަރުގެ ޢީދު ނަމާދު، ބޮޑު ޖަމާއަތާއި މަސްޖިދުލް ތައުބާގައި

މުޙައްމަދު އަކުރަމް

އިހަވަންދޫގައި މިއަހަރުގެ ފިތުރު ޢީދު ނަމާދުކުރުން އޮންނާނީ މަސްޖިދުލް ތައުބާގެ އިތުރުން ބޮޑު ޖަމާއަތުގައި ކަމަށް އިހަވަންދޫ ކައުންސިލުން ޢިއުލާން ކޮށްފިއެވެ. ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުން އޮންނާނީ ހުރަވީ ދަނޑުގައި ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ފިތުރު ޢީދު ބޮޑު ޖަމާއަތުގައި ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރީ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 97 ވަނަ އާންމު ޖަލްސާގައެވެ. އެޖަލްސާގެ ބަހުސްގައި ކައުންސިލް މެމްބަރު މަރިޔަމް ޝިފާޒާ ފާހަގަކުރެއްވީ ބޮޑު ޖަމާއަތުގައި ނަމާދުކުރަން ފެންނަނީ ޓާފް ދަނޑުގައި ކަމަށާއި، އެއީ އޭރުން ހިރަފުހުންވެސް ސަލާމަތްވެ މަންޒަރުވެސް ރީތިވުމުގެ އިތުރުން ގިނަބަޔަކު އެގޮތަށް އެކަންކުރުމަށް ބޭނުންވާކަމަށެވެ. ނަމަވެސް ޝިފާޒާގެ ވާހަކަޔަށް އެއްވެސް ކައުންސިލަރަކު ތާއީދު ކޮށްފައެއްނުވެއެވެ. ޝީފާޒާގެ ވާހަކަޔަށް އިޝާރާތް ކުރައްވާ ޖަލްސާގެ ރިޔާސަތުގައި އިންނެވި ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ފަހަގަކުރީ، މިހާރު ޓާފް ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތްކުރުމަށް ބޮޑެތި ވަޅުގަނޑުތައް ކޮނެފައިވާތީ ކުއްޖަކު ކުއްލިޔަކަށްގޮސް ވަޅުގަނޑަކަށް ވެއްޓިދާނެކަމަށާ، އަދި އެދަނޑަކީ ހުރަވީ ދަނޑަށްވުރެ އަވަހަށް އަވިއަރާ ދަނޑެއް ކަމުގައެވެ.

ޢީދު ނަމާދަށް ބޮޑު ޖަމާއަތަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމަށާއި މުސައްލައެއް ގެނައުމަށް ކައުންސިލުން އިރުޝާދުދެއެވެ. އިހަވަންދޫގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފައިވަނީ 21 އޯގަސްޓު 2018 ވީ އަންގާރަ ދުވަހުއެވެ.

ޚިޔާލު ފައުޅުކުރުން

ތި ނިންމުން މިފަހަރަށްސަޅި. އެތަާހުޜީ އެބުނި ބީދައިން ނުރައްކާތެރި ގޮތަކަށް