ބަނދަރުގައި މަސްކަނޑާ 2 ހަޓް ހަދާދޭނެ ފަރާތެއް ހޯދަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ބަނދަރުގައި މަސްކަނޑާ 02 ހަޓް ހަދާދޭނެ ފަރާތެއް ހޯދުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން ޢިއުލާންކޮށްފިއެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 18 އޭޕްރީލް 2023 އާއި 27 އޭޕްރިލް 2023 އާ ދެމެދު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަންޖެހެއެވެ. އިހަވަންދޫ ކައުންސިލުން ޢިއުލާން ކޮށްފައިވާ ގޮތުގައި މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ބިޑް ހުޅުވުން އޮންނާނީ އަންނަ މެއި މަހުގެ 8 ވަނަ ދުވަހުގެ 11:15 ގައި އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

އިހަވަންދޫ ކައުންސިލުންވަނީ އިހަވަންދޫ ކުޑަކުދިންގެ ޕާކްގައި ކެފޭއެއް އަޅައިދޭނެ ބަޔަކު ހޯދަންވެސް އިއުލާންކޮށްފައެވެ.