އެމްޕީ ޝިފާއު ރައްޔިތުންނަށް އޮޅުވާލަމުންދާކަމަށްބުނެ ކައުންސިލުން ބަޔާނެއް ނެރެފި

މުޙައްމަދު އަކުރަމް

އިހަވަންދޫ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް، އިހަވަންދޫ ކައުންސިލުން ހުރަސްއަޅާ ލަސްކުރުމަށް މަސައްކަތްކުރާ ކަމަށްބުނެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ސޯޝަލް މީޑިއާގައި ލިޔުއްވަމުން ގެންދަވަނީ ރައްޔިތުންނަށް އޮޅުވާލުމަށްކަމަށްބުނެ އިހަވަންދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

އިހަވަންދޫ ކައުންސިލުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ފަހަކަށް އައިސް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ގެންދަވަނީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން އިހަވަންދޫގެ ތަރަށްޤީއަށް ކައުންސިލުން ހުރަސް އަޅަމުންދާކަމަށް ވިދާޅުވެ ގެންދަވަނީ ކައުންސިލަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. ޝިފާއު ކުރައްވާ ވަކިވަކި ތުހުމަތު ތަކަށް ކައުންސިލްގެ ބަޔާނުގައި ރައްދު ދީފައި ނުވިއެއްކަމަކު ޖުމްލަގޮތެއްގައިވަނީ އިހަވަންދޫގައި ހިންގާ އަދި ހިންގަމުންދާ ތަރައްޤީގެ ޕްރޮޖެކްޓްތައް އަވަސް ކުރުމަށް ކައުންސިލުން އެއްވެސް ހުއްޓުމެއްނެތި ކޮށްފައިވާނެކަމަށާއި އަދި މިހާރުވެސް ކުރަމުން ގެންދާ ކަމުގައެވެ. ކައުންސިލްގެ ބަޔާނުގައި، ސަރުކާރުން އިހަވަންދޫގައި ހިންގަމުންދާ ވަކިވަކި ޕްރޮޖެކްޓްތަކަށް ވަކިވަކިން ފާހަގަކޮށް ބުނެފައިވަނީ އެކަންކަން އަވަސްކުރުމަށް ކައުންސިލުން ކުރަންޖެހޭ ކޮންމެކަމެއް ދުވަހުންދުވަހަށް ވާނީ ކޮށް ނިންމާފައިކަމުގައެވެ.

ކައުންސިލްގެ ބަޔާނާއި ގުޅިގެން ޝިފާއު ވިދާޅުވީ ކައުންސިލުން ބަޔާންނެރުނީ، އިހަވަންދޫގައި ހިންގާ ޕްރޮޖެކްޓްތަކަށް އެކިގޮތްގޮތުން ދަތިކޮށް އެކަންކަން ލަސްކުރުމަށާއި އެކަންކަން ވިޔަނުދޭން ކައުންސިލުން މަސައްކަތްކުރާތީ އެކަންކަން ކިތާބީ ހެއްކާއެކު ރައްޔިތުންނަށް ތިލަކޮށްދިނުމުން ރަށްދުގައި ނެރުނު ބަޔާނެއްކަމުގައެވެ. “ބަޔާނުގަ އެބައޮތް އިހަވަންދޫގައި ފުލުހުންގެ މަރުކަޒެއްއަޅަން ބިމެއް ހަމަޖައްސައިދެއްވިކަމަށް. އެބިން ހަމަޖެއްސި ހިސާބާ ގޮނޑުދޮށާ ދެމެދު 30 ފޫޓްވެސް ނެތް. އެހެންކަމުން ތަރުކާރާރުކޮށްވާނީ އެކަމަށް އެޔަށްވުރެ ރަނގަޅު ބިމެއް ހަމަޖައްސައިދިނުމަށް ފުލުހުންގެ ފަރާތުން އިހަވަންދޫ ކައުންސިލްގައި އެދިފަ. ނުރަސްމީކޮށް ދެކެވޭ ވާހަކަތަކުގައި ކައުންސިލްގެ ރައީސް އެކަން ކޮށްދޭނަމޭ ކޮށްދޭނަމޭ ބުނެ އެކަން ލަސްކުރަމުންދަނީ، މިއަދާހަމަޔަށްވެސް އެކަށީގެންވާ ބިމެއް އެކަމަށް ހަމަޖައްސައިނުދޭ” ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ދައްކަވާ ވާހަކައަށް ބާރުދީ އެބޭފުޅާ ވިދާޅުވީ ހޮސްޕިޓަލް ބިން ކައުންސިލުން ދެއްކުމުން، ކޮންޓްރކްޓަރާ މަސައްކަތް ހަވާލުކޮށް ބިން ސާފުކުރަން ފެށުމާއިއެކު، ކައުންސިލުން އެބިމުގެ އައު ރަޖިސްޓްރީއެއް ހަދައި، ބިމުން ކޮންޓްރެކްޓަރު ސާފުކޮށްފައިވާ ސަރަހައްދަކީ ހޮސްޕިޓަލްގެ ބިމުގެ ބައެއް ނޫންކަމަށް ކަނޑައަޅާފައިވާކަމުގައެވެ. ކޮންޓްރެކްޓަރު އީޕީއޭއިން ހުއްދަ ނަގައިގެން ހޮސްޕިޓަލްގެ ބިން ސާފުކުރުމުގެ މަސައްކަތް ކުރަން ފެށުމާއިއެކު، މަސައްކަތް ކުރިޔަށްދަނީ އީޕީއޭގެ އެންގުމާއި ހިލާފަށްކަމަށްބުނެ އީޕީއޭއަށް މައްސަލަ ހުށަހަޅަނީވެސް ބައެއް ކައުންސިލަރުން އަޑީގައި ތިބެގެންކަމަށް ޝިފާއު ތުހުމަތު ކުރައްވައެވެ.

އިހަވަންދޫ ކައުންސިލްގައި ހަތް ކައުންސިލަރުން ތައްބަވައެވެ. އޭގެތެރެއިން 6 ކައުންސިލަރުން ޕީޕީއެމްއަށް ނިސްބަތްވާއިރު ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވަނީ އެއްމެ ކައުންސިލަރެކެވެ. އިހަވަންދޫ ކައުންސިލްގެ ބަޔާނުގައި ސޮކުރައްވާފައިވަނީ 5 ކައުންސިލަރުންނެވެ. އެއީ ކައުންސިލްގެ ރައީސް އަހްމަދު ސަބާހް، ނާއިބު ރައީސް މުހައްމަދު އަރީބްގެ އިތުރުން ކައުންސިލަރު އަޙްމަދު ރިލްވާނާއި ކައުސިލަރު މުހައްމަދު ޒާހިރު ހަސަން އަދި ކައުންސިލަރު ހަލީމަތު ސުމާއެވެ. މިވަގުތު ރަށުގައި ނޫޅުވާތީ ކައުންސިލަރު ފާތިމަތު ޝަނީޒާއަށް ސޮއި ނުކުރެވުނުއިރު ކައުންސިލަރު މަރިޔަމް ޝިފާޒާ ވަނީ ބަޔާނުގައި ސޮއެކުރެއްވުމަށް އިންކާރު ކުރައްވާފައެވެ.

 

ޚިޔާލު ފައުޅުކުރުން

ޕަޕެޓުއަކުރަމުގެ އަމިއްލަ ހިޔާލު ތި އެއްވެސް އަސްލެއްނެތް
މަހީކުރީ ބަޔާނުގަ އޮތް އެއްޗެްް މީގަ ލިޔެފަ އޮންނާނެ ކަމަށް މުޅިންވެސް މިއުޅެނީ ޕަޕެޓުން