Banner Image Description

އިހަވަންދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

މުޙައްމަދު އަކުރަމް

ދިވެހިރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107-1 ވަނަ މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތުގެމަތިން ބާއްވަންޖެހޭ މަޝްވަރާ ބައްދަލުވުން 30 އޭޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ ރޭ 20:15 ގައި ހއ.އިހަވަންދޫ ކައުންސިލްގެ އިދާރާގައި އޮންނާނެކަމަށް އިހަވަންދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ.

ލާމަރުކަޒީ ގާނޫނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބުރުއަރީއާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހެއެވެ. މިގޮތުން ޖުލައި މަހުގައި ބާއްވާ އާންމު ބައްދަލުވުމުގައި ކައުންސިލުގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހުށައަޅާ އެކަމަށް ރައްޔިތުންގެ ފަރާތުން ޚިޔާލު ހޯދަން ޖެހެއެވެ. އަދި މިބައްދަލުވުމުގެ 7 ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕުލޭނާއި ބަޖެޓުގެ މަޢުލޫމާތު ޢާންމުކޮށް ހާމަކުރަން ޖެހެއެވެ. ނަމަވެސް އެގޮތަށް އަމަލުކުރަނީ ވަރަށް މަދު ކައުންސިލަކުންކަން ފާހަގަކުރެވެއެވެ.

އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރާނަމަ، ރައްޔިތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރަން ސުވާލު ފޮނުވުމުގެ ފުރުސަތު ކުރިންލާ ހުޅުވައިލައެވެ. ނަމަވެސް މިފަހަރުގެ ބައްދަލުވުމާއި ގުޅިގެން އެފަދަ ފުރުސަތެއް އަދި ހުޅުވައެއްނުލައެވެ.

ޚިޔާލު ފައުޅުކުރުން

ގާނުނުގަ އެމާއްދާގަ ބުނާ އެއްޗެއް ބަލާފަ ހަސަދަ އަާ ފިތުނަ އަށް ދޮރު ހުޅުވަބަ. ޕަޕެޓު
ގާނުނުގަ އެމާއްދާގަ ބުނާ އެއްޗެއް ބަލާފަ ހަސަދަ އަާ ފިތުނަ އަށް ދޮރު ހުޅުވަބަ