ނަމާދު ވޯކްޝޮޕް ކާމިޔާބުކަމާއިއެކު ނިންމާލައިފި

މުޙައްމަދު އަކުރަމް

ޔުނިޓީ އަދި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިޔަށްގެންދިޔަ ނަމާދު ވޯކްޝޮޕް ކާމިޔާބުކަމާއިއެކު ނިންމާލާފިއެވެ.

އުމުރުން 7 އަހަރާއި 13 އަހަރާ ދެމެދުގެ 60 އަށްވުރެގިނަ ކުދިން ބައިވެރިވި މިވޯކްޝޮޕް ފަށްޓަވައިދެއްވީ ޝެއިޙް އަބުދުﷲ އާމިރުއެވެ. ތިއަރީ އަދި ޕްރެކްޓިކަލް ކްލާސްތައް ހިމަނައިގެން ކުރިޔަށްގެންދިޔަ މިވޯކްޝޮޕްގެ ބޮޑުބައި ނަންގަވައިދެއްވީ ޔުނިޓީގެ މިދައުރުގެ ރައީސް ޝެއިހް ހުސައިން ރީހާންއެވެ.

މިވޯކްޝޮޕްގައި ބައިވެރިވި %95 ކުދިންވަނީ ނަމާދުގައި ކިޔާ ޒިކުރުތައް އެއްކޮށް ހިތުދަސްކޮށް ކިޔާދީފައެވެ. ވޯކްޝޮޕް ނިންމާލުމުގެ ގޮތުން އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުންވަނީ ވޯކްޝޮޕްގައި ބައިވެރިވިކުދިންނަށް ހަދިޔާ ދީފައެވެ.