ރުކުގެ ފަނުން އުފެއްދުންތެރި ތަފާތު ތަކެތި ހެދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 3 މޭ 2023 ވާ ބުދަ ދުވަހުގެ 22:00 އަށް ހަމަވާނެއެވެ. އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކުރިޔަށް ގެންދާ މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5 އިން 11 އިގެ ނިޔަލަށެވެ.
ރަށުގެ އެންމެހާ ރައްޔިތުންނަށް މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ގިނަވެގެން ޕްރޮގްރާމްގައި ބައިވެރިކުރާނީ 30 ބައިވެރިންނެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށްއެދޭ ފޯމް
އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މުޖުތަމައުއަށް ފައިދާހުރި މިފަދަ ޕްރޮގްރާމްތައް ކުރިޔަށްގެންދާކަން ފާހަގަކުރެވެއެވެ.