ބޮޑުތިލަދުންމަތީ ފުޓްސަލް ޖެލެންޖްގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަނީ

ހަސަން އީމާން

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކަލްބް “ސާކް” އިން ބޮޑުތިލަދުންމަތީ ފުޓްސަލް ޖެލެންޖްގެ ނަމުގައި ފުޓްސަލް މުބާރާތެއް ބައްވަން އިއުލާންކޮށްފިއެވެ.

ސާކްގެ އެގްޒެކްޓިވް ޑައިރެކްޓަރ މުހައްމަދު ނާޔިފް މައުލޫމާތު ދެއްވި ގޮތުގައި، ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 7 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. ބޮޑުތިލަދުންމައްޗަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑުއެއް ފުޓްސަލް މުބާރާތް ބޭއްވުމުގެ މަގުސަދަކީ ޒުވާން ކުޅުންތެރިން އުފެއްދުމާ، ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދިނުންކަމަށް ނާޔިފް ބުންޏެވެ.

ނާޔިފް މައުލޫމާތު ދެއްވި ގޮތުގައި މިމުބާރާތާގުޅޭ އެންމެ ފަހުގެ މައުލޫމާތު ސާކްގެ ފޭސްބުކް ޕޭޖުން އަދި އިންސްޓަ ގްރާމް އެކައުންޓުން ފޯރުކޮށްދެމުން ދާނެއެވެ. އަދި  މިހަފުތާގެ ތެރޭގައި މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

އިހަވަންކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކްލަބް ޕޯލްސްޓަރގެ ރައީސް މުހައްމަދު ސުޖާއުވަނީ ހއ،ހދ އަދި ށ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، މިސަރަހައްދުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް މިއަހަރުގެ ޖުލައި މަހު ބާއްވާނެކަމަށް އިއުޢުލާން ކޮށްފައެވެ.

ޚިޔާލު ފައުޅުކުރުން

މިމުބާރާތްބޭއްވޭނެކަމާމެދު ޝައްކެވެ.
ޕޯލްސްޓާ ތީ ފޭކު