ބޮޑުތިލަދުންމަތީ ފުޓްސަލް ޖެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހަސަން އީމާން

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތީ ފުޓްސަލް ޖެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ސަރުކާރުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، ކުންފުނި އަދި ރިސޯޓްތަކުގެ އިތުރުން އިހަވަންދޫގެ ސާކް ކްލަބްގައި ރަޖިސްޓްރީވެފައިވާ އިހަވަންދޫގެ ޓީމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފާވަނީ އަންނަ ޖޫންމަހުގެ 15 ވަނަ ދުވަހާއި ހަމަޔަށެވެ.

މިމުބާރާތުގެ ޤަވާއިދު ބުނާގޮތުން އިހަވަންދޫގެ އެއްވެސް ކްލަބް ޖަމިއްޔާއަކަށް، ސަރުކާރުގެ މުއައްސަސާއަކަށް އަދި ކުންފުންޏެއްގެ ނަމުގައި މިމުބާރާތުގައި ބައިވެރިއެއް ނުވެވެއެވެ. އެހެންކަމުން މިމުބާރާތުގައި އިހަވަންދޫގެ ޓީމެއް ބައިވެރިވާން ބޭނުންވާނަމަ ޖެހޭނީ ސާކް ކްލަބްގައި ޓީމް ރަޖިސްޓްރީކުރާށެވެ.

މިމުބާރާތުން ޖާގަ ލިބިގެންދާނީ މިމުބާރާތުގައި ބައިވެރިވުމުގެ ފޯމް އެންމެފުރަތަމަ ފުރިހަމަކުރާ 20 ޓީމަށެވެ. މިމުބާރާތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 9104064 ނަންބަރު ނުވަތަ 7942268 ނަންބަރު ފޯނާ ގުޅުމަށް ސާކުން އެދެއެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 7 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. މިއީ ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

މުބާރާތުގެ ހިންގާ ޤަވާއިދު

ޚިޔާލު ފައުޅުކުރުން

އިހަވަންދޫ ނޫނިޔާ ބޮޑުތިލަދުންމަތީގަ ޒުވާނުންއުޅޭ ރަށެއް ނޯންނަނީތަ؟ ކަމެއްކުރަންކެރޭބަޔަކު އުޅެނީ އެރަށުގައެކަނި. މި ކުޅުދޫފުށީ ސިޓީގަ ޒުވާނުންނެތީތަ.