Banner Image Description

ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ މީޑިއާ ޕާރޓްނަރަކަށް "އިހަވަންދޫ.ކޮމް"

މުޙައްމަދު އަކުރަމް

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ މީޑިއާ ޕާރޓްނަރަކަށް “އިހަވަންދޫ.ކޮމް” ހަމަޖައްސައިފިއެވެ.

ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ސަރުކާރުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، ކުންފުނި އަދި ރިސޯޓްތަކުގެ އިތުރުން އިހަވަންދޫގެ ސާކް ކްލަބްގައި ރަޖިސްޓްރީވެފައިވާ އިހަވަންދޫގެ ޓީމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިމުބާރާތް މިއަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. މިމުބާރާތުން ޖާގަ ލިބިގެންދާނީ މިމުބާރާތުގައި ބައިވެރިވުމުގެ ފޯމް އެންމެފުރަތަމަ ފުރިހަމަކުރާ 20 ޓީމަށެވެ. މިމުބާރާތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 9104064 ނަންބަރު ނުވަތަ 7942268 ނަންބަރު ފޯނާ ގުޅުމަށް ސާކުން އެދެއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޖޫންމަހުގެ 15 ވަނަ ދުވަހާ ހަމަޔަށެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 7 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިއީ ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.