ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މުހައްމާ ހައްޔަރުކޮށްފި

މުޙައްމަދު އަކުރަމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މުހައްމާ ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް މަޖުލީހަށްވެއްދި މައްސަލާގައި ސޮއެކުރުމަށްފަހު، ޕީޕީއެމްއިން ވަކިވެ، މުހައްމާދަނީ އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރާކާތްތަކުގައި އިސްކޮށް ހަރަކާތްތެރި ވަމުންނެވެ.

އެސްއޯއީގެ ދަށުން މުހައްމާ ހައްޔަރުކޮށްފައިވާއިރު އޭނާގެ މައްޗަށްކުރަނީ ކޮންތުހުމަތެއްކަން އަދި ސާފުވާގޮތެއްނުވެއެވެ.