މުހައްމާ، ރައީސް ނަޝީދާއި ބައްދަލުކޮށްފި

މުޙައްމަދު އަކުރަމް

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ރައީސް ނަޝީދާއި ބައްދަލުކޮށްފިއެވެ. މުހައްމާ ނަޝީދާއި ބައްދަލުކޮށްފައިވަނީ އިއްޔަގެ ވަގުތެއްގައެވެ.

ނަޝީދާއި ބައްދަލުކުރުމަށްފަހު މުހައްމާ ވިދާޅުވީ، ރައީސް ޔާމީން ޤާނޫނީ އިމުގެތެރެއަށް ވެއްދުމަށް ރައީސްނަޝީދު އިސްވެކުރާ މަސައްކަތް އިންޗިއެއްގެ މިންވަރުވެސް ފަހަތަށް ނުޖެހި ކާމިޔާބުކުރާނެކަން ކަމުގައެވެ.

މުހައްމާ، މިދިޔައަހަރުގެ ޖުލައިމަހުގެ ތެރޭވެސްވަނީ ރައީސް ނަޝީދާއި ބައްދަލުކުރައްވާފައެވެ. ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި ސްޕްރީމް ކޯޓުން އަމުރުކޮށްފައިވާ ބަޔަށް އަމަލުކުރުން މަޑުޖައްސައިލަން އެކޯޓުން ކުރި އަމުރާއިއެކު، އިހަވަންދޫ ދާއިރާގެ ގޮނޑިއާއި މެދު ވަނީ ސުވާލު އުފެދިފައެވެ.