ސުކޫލުގެ ބެލެނިވެރިން ކެންސަރު ބައްޔަށް ހޭލުންތެރިކޮށްފި

އިބްރާހިމް ނަޝީދު

ދުނިޔޭގެ ކެންސަރު ދުވަހާއި ދިމާކޮށް، އިހަވަންދޫ ސުކޫލުގެ ބެލެނިވެރިން ކެނސަރު ބައްޔަށް ހޭލުންތެރި ކުރުވައިފިއެވެ.

އިހަވަންދޫ ސިއްހީމަރުކަޒުން، އިހަވަންދޫ ސުކޫލާއި ގުޅިގެން މިއަދު ހަވީރު ވަނީ އިހަވަންދޫ ސުކޫލުގައި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި ކެންސަރު ބައްޔަކީ ކޮބާ ކަމާއި، ކެނސަރު ބަލި ދެނެގަންނާނޭ ގޮތް ފަދަ ގޮތްތަކާ ގުޅޭގޮތުން ބެލެނިވެރިންނަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ. މިއަދު މިބޭއްވި ބައްދަލުވުމުގައި މައުލޫމާތު ދެއްވާފައި ވަނީ ހއ. ހޯރަފުށީ ސިއްހީމަރުކަޒުގެ ކޮމިޔުނިޓީ ހެލްތް އޮފިސަރ އަލްފާޟިލް އިބްރާހިމް އިސްމާއިލް އެވެ.

ދުނިޔޭގެ ކެންސަރު ދުވަހަކީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހެވެ.