ޑިސެންބަރުމަހު އިހަވަންދޫ ކައުންސިލަށް ލިބުނީ 38449ރ

މުޙައްމަދު އަކުރަމް

ނިމިދިޔަ ޑިސެންބަރުމަހު އިހަވަންދޫ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނީ 38449ރ 26ލ (ތިރީސް އަށްހާސް ހަތަރުސަތޭކަ ސާޅީސް ނުވަރުފިޔާ ސައްބީސް ލާރި) ކަމަށް އިހަވަންދޫ ކައުންސިލުން ހާމަކޮށްފިއެވެ. މިއީ މިދިޔަ ނޮވެމްބަރ މަހު ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު 26016ރ 28ލ އަށްވުރެ 12432ރ 98ލ އިތުރު އަދަދެކެވެ.

ޑިސެމްބަރ މަހު ކައުންސިލަށް އާމްދަނީ ލިބިފައިވަނީ މައިގަނޑު 3 ދާއިރާއަކުންނެވެ. ވިޔަފާރި ކުލީގެ ގޮތުގައި 18681.14ރ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، ބިމުކުލީގެ ގޮތުގައި 12019.12ރ އަދި ނީލަން ކިޔާގެން 7749ރ ލިބިފައިވެއެވެ.

އިހަވަންދޫ ކައުންސިލްގެ އާމްދަނީ އެކައުންޓަށްލިބޭ ފައިސާގެ ތަފްސީލް އާނމުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެންނެވެ. ނިމިދިޔަ ޑިސެމްބަރ މަހަކީ، ކައުންސިލްގެ އާމްދަނީ އެކައުންޓަށްލިބޭ ފައިސާގެ ތަފްސީލް އާނމުކުރަންފެށިފަހުން އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސްކަން ފާހަގަކޮށްލެވެއެވެ.