ހއ. އިހަވަންދޫސިއްހީމަރުކަޒުން އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް، ކަނޑައެޅިފައިވާ ދުވަސްތަކެއްގައި ދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމަރުކަޒުން މިއަދު ކުރެއްވި އިޢުލާނެއްގައި ވަނީ ހއ. ހޯރަފުށީ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރައްވާ އަންހެނުންގެ ޚާއްސަ ޑޮކްޓަރ މަޙަމޫދު ޢަބްދުއްރަހީމް މި ޖަނަވަރީމަހުގެ ދެ ދުވަހެއްގައި އިހަވަންދޫ ސިއްހީމަރުކަޒުގައި ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ މިމަހުގެ 17 ވާ ބުދަ ދުވަހާއި 31 ވާ ބުދަ ދުވަހެވެ.
އަންހެނުންގެ ޚާއްސަ ޑޮކްޓަރަށް ދައްކަވަން ބޭނުންފުޅުވާ ބޭފުޅުން އެ ދެ ދުވަހުގެ ހެނދުނު 9:00 އިން 13:00 އަށް އިހަވަންދޫ ޞިއްޙީ މަރުކަޒަށް ދުރުވެ، ޑޮކްޓަރަށް ދެއްކެވުން ކުރިއަށް ގެންދިއުމަށް އިހަވަންދޫ ސިއްހީމަރުކަޒުން ވަނީ އެދިލައްވާފައެވެ.