އިހަވަންދޫ އެމް.ޑީ.ޕީ މެމްބަރުންގެ ޖާފަތެއް މިރޭ!

ޢަބުދުﷲ ޙަމީދު

އިހަވަންދޫ އެމް.ޑީ.ޕީ މެމްބަރުންގެ ފަރާތުން ބާއްވާ ބޮޑު ޖާފަތެއް މިރޭ އޮންނާނެކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. ޖާފަތް އޮންނަނީ މިރޭ 8:30 ގައި އިހަވަންދޫ އެމް.ޑީ.ޕީ ޒުވާނުންގެ ހަރުގޭގައެވެ.

“މި ޖާފަތް ބޭއްވުމުގެ ބޭނުމަކީ ކުރިއަށް އޮތް މަޖިލިސް ބައި-އިލެކްޝަނަށާއި ރިޔާސީ އިންތިޚާބުގެ ހަރަކާތްތަކަށް ތައްޔާރުވުމަށްޓަކައި އިހަވަންދޫ އެމް.ޑީ.ޕީ މެމްބަރުންގެ މެދުގައި ބަދަހިކަން އިތުރުކޮށް ފޫގުޅައިލުން” ކަމަށް، މި ޖާފަތް އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވާ، އިހަވަންދޫ ކައުންސިލަށް އެމް.ޑީ.ޕީގެ ޓިކެޓްގައި އިންތިޚާބުވެ މިހާރު އެ ކައުންސިލްގެ ރައީސްގެ މަގާމް ފުރުއްވަމުން ގެންދަވާ ރާނާގޭ މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އިހަވަންދޫ އެމް.ޑީ.ޕީ މެމްބަރުންނާއި އެމް.ޑީ.ޕީއަށް ތާޢީދުކުރައްވާ ބޭފުޅުންނާއި އަދި އާންމުކޮށް ހުރިހާ ރައްޔިތުންނަށް މި ޖާފަތަށް ވަޑައިގެން އިންސާފުކުރެއްވުމަށް ދަޢުވަތު އަރުވާކަމަށެވެ.