ވާދެމުމުގެ މުބާރާތުގެ ދެބައިގެ ޗެމްޕިއަންކަންވެސް އިރަމާ ހޯދައިފި

މުޙައްމަދު އަކުރަމް

އަޟްޙާ ޢީދާ ދިމާކޮށް ކްލަބް ޕޯލްސްޓަރ އިން ކުރިޔަށް ގެންދިޔަ ދެލި އޮންލައިން ވާދެމުމުގެ މުބާރާތް 1444 ގެ އަންހެން އަދި ފިރިހެން ބައިންވެސް ކްލަބް އިރަމާ ޗެމްޕިއަންކަން ހޯދައިފިއެވެ. މިމުބާރާތުގެ ދެބައިންވެސް އިރަމާ ޗެމްޕިއަންކަން ހޯދާފައިވަނީ ވާދަކުރި ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ.

ޖުމްލަ 8 ޓީމެއް ވާދަކުރި މިމުބާރާތުގެ ފިރިހެން ބައިގައި 5 ޓީމެއް ވާދަކުރިއިރު، ރޭ ކުރިޔަށް ދިޔަ މިމުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗް ކްލަބް އިރަމާ ކާމިޔާބުކުރީ ކޮއިމަލާއާ ވާދަކޮށް ދެ ދެމުމުން މެޗް ކާމިޔާބުކޮށްގެންނެވެ. 3 ޓީމެއް ވާދަކުރި މިމުބާރާތުގެ އަންހެން ބައިން އިރަމާ ޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗްގައި ދަމާދަމާ ޓީމް ދެ ދެމުމުން ބަލިކޮށްގެންނެވެ.

މިމުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަން ޓީމަށް 7000ރ ގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 3000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އަދި އަންހެނުންގެ ބައިގެ ޗެމްޕިއަން ޓީމަށް 3000ރ އަދި ދެވަނަ ޓީމަށް 2000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

މިމުބާރާތުގައި ޖުމްލަ 8 ޓީމެއް ވާދަކުރިއެވެ. އެއީ ފިރިހެނުންގެ ބައިގައި ވާދަކުރި 5 ޓީމަކާއި އަންހެނުންގެ ބައިގައި ވާދަކުރި 3 ޓީމެކެވެ. މިމުބާރާތުގެ ފިރިހެނުންގެ ބައިގައި ވާދަކުރި ޓީމްތަކަކީ ކުޅިމަގު، ކުލަބު އިރަމާ، ގަބީލާ، ކޮއިމަލާ އަދި ލަކި އެވެ. އަންހެނުންގެ ބައިގައި ވާދަކުރީ ހިފާހިފާ، ކުލަބު އިރަމާ އަދި ދަމާދަމާއެވެ.

ކްލަބް ޕޯލްސްޓަރއިން އަޟްޙާ ޢީދާއި ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ވީރު މުބާރާތް މިރޭ ކުރިޔަށް ދާނެއެވެ.