ރައްޔިތު ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހުގެރޭ

މުޙައްމަދު އަކުރަމް

ލާމަރުކަޒީ ގާނޫނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންމެ އަހަރެއްގެ ޖުލައިމަސް ނިމުމުގެކުރިން ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވަން ޖެހޭ ބައްދަލުވުން، މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ ރޭ، 20:45 ގައި އިހަވަންދޫ ސްކޫލް ހޯލްގައި އޮންނާނެކަމަށް އިހަވަންދޫ ކައުންސިލުން ޢިއުލާނުކޮށްފިއެވެ.

އިހަވަންދޫ ކައުންސިލުން ޢިއުލާނުކޮށްފައިވާ ގޮތުގައި، އެބައްދަލުވުމަށް ސުވާލާއި ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި ލިންކް މެދުވެރިކޮށް އެކަން ކުރެވޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

ލާމަރުކަޒީ ގާނޫނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބުރުއަރީއާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހެއެވެ. މިގޮތުން ޖުލައި މަހުގައި ބާއްވާ އާންމު ބައްދަލުވުމުގައި ކައުންސިލުގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހުށައަޅާ އެކަމަށް ރައްޔިތުންގެ ފަރާތުން ޚިޔާލު ހޯދަން ޖެހެއެވެ. އަދި މިބައްދަލުވުމުގެ 7 ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕުލޭނާއި ބަޖެޓުގެ މަޢުލޫމާތު ޢާންމުކޮށް ހާމަކުރަން ޖެހެއެވެ.