Banner Image Description

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރްޞަތު

ޢަބުދުﷲ ޙަމީދު

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރްޞަތު، މި ސެޕްޓެމްބަރ މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެކަމަށް ރައީސުލްޖުމުހުރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

ރައީސުލްޖުމުހުރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވާ ފަރާތްތަކުން ކަމާބެހޭ ފޯމް، [ޚާއްޞަ އިނާމާބެހޭ ކޮމިޓީ] އަށް ހުށަހަޅުއްވަންޖެހޭ އެންމެފަހު ވަގުތަކީ، ސެޕްޓެމްބަރު މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3.00 އެވެ. ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވާ ފޯމުތައް ފޮނުއްވާނީ، [ޚާއްޞަ އިނާމާބެހޭ ކޮމިޓީ] އަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކަމަށް ރައީސުލްޖުމުހުރިއްޔާގެ އޮފީހުން ހާމަ ކުރައްވައެވެ. ޚާއްޞަ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރްޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީއިން ހުޅުއްވައިލައްވާފައި ވަނީ ނިމިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.