ޔުނައިޓެޑް ޔޫތުން ވަރުގަދަ ނައިވާދޫ ހިފަހައްޓައިފި

މުޙައްމަދު އަކުރަމް

ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ފަސްވަނަ މެޗްގައި ޔުނައިޓެޑް ޔޫތުން، ޓީމް ނައިވާދޫ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. އިއްޔަ ހަވީރުކުޅުނު މިމެޗް ނިމުނީ 3-3 ގެ ނަތީޖާއަކުން ހަމަހަމަވެގެންނެވެ.

މިމެޗްގެ ފުރަތަމަ ހާފްނިމުނީ 1-0 ގެ ނަތީޖާއަކުން ޓީމް ނައިވާދޫ ކުރީގައި އޮވެގެންނެވެ. އެޓީމްގެ ގޯލްޖެހީ ޖާޒީނަންބަރު 7 މުހައްމަދު ރިޝާންއެވެ. މެޗްގެ ފަހުހާފުގެ 3 ވަނަ މިނެޓްގައި އަނެއްކާވެސް ނައިވާދުގެ ޖާޒީ ނަންބަރު 7 މުހައްމަދު ރިޝާން ގޯލެއްޖަހައި އެޓީމަށް 2 ގޯލްގެ ލީޑެއް ނަގައިދިނެވެ. ޔުނައިޓެޑް ޔޫތަށް ފަރަގު ކުޑަކޮށްދިނީ ފަހު ހާފްގެ 10 ވަނަ މިނެޓްގައި އެޓީމްގެ ޖާޒީނަންބަރު 2 މުހައްމަދު އާދަމް ޖެހި ގޯލުންނެވެ. ޔުނައިޓެޑް ޔޫތަށް ނަތީޖާ ހަމަހަމަކޮށްދިނީވެސް އެޓީމްގެ ޖާޒީނަންބަރު 2 މުހައްމަދު އާދަމްއެވެ. އެނާ އެގޯލް ޖެހީ ފަހު ހާފުގެ 14 ވަނަ މިނެޓްގައެވެ. ފަހު ހާފުގެ 16 ވަނަ މިނެޓްގައި ޓީމް ނައިވާދޫގެ ޖާޒީނަންބަރު 7 މުހައްމަދު ރިޝާން ވަނީ އެޓީމްގެ 3 ވަނަ ގޯލް ޖަހައި ހެޓްރިކް ފުރިހަމަކޮށް ނައިވާދޫއަށް ލީޑް ނަގައިދީފައެވެ. ނަމަވެސް މޮޅަކާއިއެކު ނައިވާދޫއަށް މެޗް ނިންމާލެވޭ ގޮތެއްނުވިއެވެ. ފަހު ހާފުގެ 18 ވަނަ މިނެޓްގައި ޔުނައިޓެޑް ޔޫތްގެ ޖާޒީނަންބަރު 13 ސައުދުވަނީ ގޯލެއްޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗް ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ހަމަހަމަވެގެންނެވެ.

މިމެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ މިމެޗްގައި 3 ގޯލް ޖަހައި ހެޓްރިކްހެދި ޓީމް ނާވައިދޫގެ ޖާޒީނަންބަރު 7 މުހައްމަދު ރިޝާންއެވެ. މިމުބާރާތުގައި މިހާތަނަށް އެންމެގިނަ ގޯލް ޖަހާފައިވަނީވެސް މުހައްމަދު ރިޝާންއެވެ. އެނާވަނީ މިހާތަނަށް 4 ގޯލް ޖަހާފައެވެ. މިއީ ޔުނައިޓެޑް ޔޫތް މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ޓީމް ނައިވާދޫވަނީ އެޓީމްގެ ފުރަތަމަ މެޗްގައި 6-1 ގެ ނަތީޖާއަކުން ބޮޑުމަގު ބަލިކޮށްފައެވެ.

މިއަދުވެސް މިމުބާރާތުގެ 2 މެޗް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި އެންވީކޭއާ ބޮޑުމަގު ބައްދަލުކުރާއިރު ފަހު މެޗްގައި ބައްދަލުކުރާނީ ސެންސިޓީ އަދި ޓީމް ހަނިމާދޫއެވެ.