Banner Image Description

ކޫއްޑޫ އެއާޕޯޓް ހުޅުވައިފި

ޢަބުދުﷲ ޙަމީދު

ގއ. ކޫއްޑޫ އެއާޕޯޓް ރައީސް މުހައްމަދު ވަހީދު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

ރައީސް އެއާޕޯޓް ހުޅުއްވައިދެއްވުމުން އެއާޕޯޓްގައި ނެށުމުގެ އައިޓަމެއް ބޭއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ, ކޫއްޑޫ އެއަރޕޯޓް ހުޅުއްވައިދެއްވުމަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި، ފުރާވަޑައިގަތީ، މިއަދު ހެނދުނުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ކޫއްޑޫ އެއާޕޯޓް ތަރައްގީކޮށްފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ރިސޯޓް ތަރައްގީ ކުރުމަށް މަޝްރޫއުތައް ހިންގަމުން ގެންދާ މަޝްހޫރު ބޮނަވިސްޓާއިންނެވެ. މި އެއާޕޯޓްގެ ކޮންޓްރެކްޓަރަކީ ރާއްޖޭގެ ކޭއެޗްއޭ ރިސޯޓްސް އެންޑް ހޮޓެލްސް އެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރ، އާއި އެއަތޮޅު ފަޅުމާފުށީގައި ޢިމާރާތް ކުރެވުނު [ދަ ރެސިޑެންސް މޯލްޑިވްސް]ވެސް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވާނެ ކަމަށް ރައީސުލްޖުމުހުރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއެވެ.