ކަށުކަމާކެމީގެ ކަންތައްތަކަށް ކައުންސިލް އިދާރާއިން ތަމްރީނު ދެނީ

ޢަބުދުﷲ ޙަމީދު

ރާއްޖޭގެ ރަށްތަކުގައި ޖަމާޢަތްތެރިން ތރަމްރީނު ކުރުމަށްޓަކައި މިނިސްޓުރީ އޮފް އިސްލާމިކު އެފެއާރޒް އިން ރަށުގައި ތިބެގެން ޖަމާޢަތް ތެރިކަމުގެ ހުއްދަ ހޯދޭ ގޮތަށް ހަމަޖެއްސުމާއި ގުޅިގެން ކަށުކަމާކެމީގެ ކަންތައްތަކަށް ކައުންސިލް އިދާރާއިން ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިހަވަންދޫ ކައުންސިލް އިދާރާއިން ހާމަކޮށްފިއެވެ.

އިހަވަންދޫ ކައުންސިލް އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހު އެކަމަށްޓަކައި ކުރި އިޢުލާނާއި ގުޅިގެން ކަށުކަމާ ކެމީގެ ތަމްރީނު ހޯދުމަށް އެދި ހުށައަޅާފައި ވަނީ އެންމެ ފަރާތަކަށް ވުމާއި އެކު އެ އިޢުލާނު ބާތިލް ކޮށްފައިވާ ކަމަށެވެ.

އަދި ކަށުކަމާ ކެމީގެ ހުއްދަ ބޭނުންވާ ދެޖިންސުގެ ބޭފުޅުން މިހިނގާ ސެޕްޓެމްބަރު މަހބުގެ 30 ވަނަ ދުވަހުގެ ރަސްމީ ގަޑި ހަމަވުމުގެ ކުރިން އެއިދާރާއަށް ސިޓީ ފޮނުވުމަށް ކައުންސިލް އިދާރާއިން ވަނީ ހުޅުވާލާފައެވެ.