މުއިއްޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ

މުޙައްމަދު އަކުރަމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރުފުޅުގައި މާދަމާ އިހަވަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ. މުއިޒް އިހަވަންދޫއަށް ވަޑައިގަންނަވަނީ ރާއްޖޭގެ އުތުރަށް ފައްޓަވާފައިވާ ކެމްޕެއިން ދަތުރުފުޅުގައެވެ.

މުއިއްޒު، އިހަވަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ. އެހެންވުމުން އެމަނިކުފާނަށް ތާއިދުކުރައްވާ ފަރާތްތަކުން އުތުރު ބަނދަރަށް ދިޔުމަށް ޕީޕިއެމް/ފީއެންސީ ކޯލިޝަނުން އެދެ އެވެ.

ރިޔާސީ ކެމްޕެއިން ފެށިފަހުން މިއީ އިހަވަންދޫއަށް ވަޑައިގަންނަވާ ތިންވަނަ ކެންޑިޑޭޓެވެ. ފުރަތަމަ ވަޑައިގެންނެވީ އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމެވެ. އެއަށްފަހު އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވަޑައިގަތެވެ. ނަޒީމް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އިހަވަންދޫއަށް ވަޑައިގެން ގިނަ ވައުދުތަކެއް ވެލެއްވިއެވެ.