Banner Image Description

އިމަގުން ބަށިމުބާރާތެއް ބޭއްވުމަށް ތައްޔާރު ވަނީ

ޢަބުދުﷲ ޙަމީދު

އިހަވަންދޫ މަސްވެރިންގެ ގުޅުމުގެ ފަރާތުން އިހަވަންދޫގައި ކުޅިވަރުގެ ރޫޙް ދިރުވާ އާލާކުރުމަށާއި ޙަރަކާތްތެރި، ކެރުންތެރި، ޒުވާން ޖީލެއް އިހަވަންދޫގައި ގާއިމުކުރުމަށާއި ގައުމީ މުބާރާތްތަކުގައި ވާދަކުރެވޭ ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބަށި މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން ދާކަމުގައި އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

އިމަގު ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ބަށިމުބާރާތް އޮންނާނީ މިއަހަރުގެ އޮކްޓޯބަރމަހުގެ ތެރޭގައެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އިހަވަންދޫގެ ޢާއްމު ފަރުދުންނަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އިމަގު ބަށި މުބާރާތް 2012 ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 2012 އޮކްޓޯބަރ 10ވަނަ ދުވަހުކަމުގައި ބަށި މުބާރާތް އިންތިޒާމްކުރާ ވިލަރެސް ކޮމެޓީން މައުލޫމާތު ދެ އެވެ. އަދި މި މުބާރާތް ކުރިޔަށްދާ ވަގުތުތަކުގައި އަންހެނުން ހޭލުންތެރިކުރުމަށްޓަކައި ތަފާތު ޙަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމުގައި މުބާރާތުގެ ވިލަރެސް ކޮމެޓީންމަޢުލޫމާތު ދެ އެވެ. އިމަގު ބަށިމުބާރާތުގެ ޤަވާޢިދާއި މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމު އިމަގުޖަމިއްޔާގެ ވެބުސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.