ޤާނޫނުގައި ބުނާ މުއްދަތުގައި މަސައްކަތު ތާވަލާއި ބަޖެޓް ހުށަހަޅާފައިނުވާ ކައުންސިލްތަކުގެ ތެރޭގައި އިހަވަންދޫ ކައުންސިލް

މުޙައްމަދު އަކުރަމް

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާ އެއްގޮތަށް 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި، 2024 ވަނަ އަހަރުގެ ބަޖެޓް ހއ އަތޮޅުކައުންސިލަށް ފޮނުވާފައިނުވާ ކައުންސިލް ތަކުގެ ތެރޭގައި އިހަވަންދޫ ކައުންސިލް ހިމެނިއްޖެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޮންމެ އަހަރެއްގެ ޖުލައިމަހުގެ ނިޔަލަށް ރަށު ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިޔަށް އޮތް އަހަރުގެ މަސައްކަތު ތާވަލު ތައްޔާރުކޮށް، އަތޮޅު ކައުންސިލަށް ފޮނުވުމަކީ ރަށު ކައުންސިލްތަކަށް ޤާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާއެކެވެ. ޤާނޫނޫގައި ބުނާ މުއްދަތުގައި މަސައްކަތު ތާވަލް އަތޮޅު ކައުންސިލަށް ފޮނުވާފައިވަނީ ހއ އަތޮޅުގެ 9 ކައުންސިލަކުންނެވެ. އެއީ އުލިގަން، މޮޅަދޫ ހޯރަފުށި، ވަށަފަރު، ދިއްދޫ، ފިއްލަދޫ، އުތީމް، މުރައިދޫ އަދި ބާރަށު ކައުންސިލެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޮންމެ އަހަރެއްގެ ޖުލައިމަހުގެ ނިޔަލަށް ރަށު ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިޔަށް އޮތް އަހަރުގެ ބަޖެޓް ތައްޔާރުކޮށް، އަތޮޅު ކައުންސިލަށް ފޮނުވުމަކީ ރަށު ކައުންސިލްތަކަށް ޤާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާއެކެވެ. ޤާނޫނޫގައި ބުނާ މުއްދަތުގައި ކުރިޔަށް އޮތްއަހަރުގެ ބަޖެޓް ތައްޔާރުކޮށް އަތޮޅު ކައުންސިލަށް ފޮނުވާފައިވަނީ ހއ އަތޮޅުގެ 6 ކައުންސިލަކުންނެވެ. އެއީ ހޯރަފުށި، ވަށަފަރު، ފިއްލަދޫ، އުތީމް، މުރައިދޫ އަދި ބާރަށު ކައުންސިލުންނެވެ.

ހއ އަތޮޅު ކައުންސިލުންވަނީ ޤާނޫނީ ޒިންމާ އަދާކޮށްފައިވާ ކައުންސިލްތަކަށް، އެކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް މުރުޙަބާ ކިޔާފައެވެ.