ރޯޔަލް ލެންގުއޭޖް އެކަޑަމީގެ އިނގިރޭސި ކުލާހަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫގައި އިނގިރޭސި ބަސް ކިޔަވައި ދިނުމަށް ޚާއްޞަކޮށްގެން ހިންގާ އެންމެ ދުވަސްވީ ކުލާސް ކަމުގައިވާ ރޯޔަލް ލެންގުއޭޖް އެކަޑަމީގެ އައު ދިރާސީ އަހަރު އެކުލާހަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އެކަމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކުލާސްތަކަކީ ޕްރީސްކޫލް ދަރިވަރުންގެ ލެވެލް އިން ފެށިގެން ގްރޭޑް 7 ގެ ދަރިވަރުންނަށް އިނގިރޭސިބަހުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިޔަށް ގެންދެވޭ ކުލާސްތަކެކެވެ. ދަރިވަރުންގެ ޢުމުރާއި ގްރޭޑަށް ބެލުމަށްފަހު އެކި ލެވެލްތަކަށް ބަހާލެވިގެން 2020 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ މިކުލާހުގައި ކިޔަވައިދެނީ އިނގިރޭސި ބަހުގެ ދާއިރާއިން މަތީ ތަޢްލީމް ޚާސިލް ކޮށްފައިވާ ދިވެއްސެކެވެ. މިކުލާސް ކުރިޔަށް ގެންދިއުމުގައި މައިގަނގަޑު ގޮތެއްގައި އަމާޒު ކުރަނީ ދަރިވަރުންގެ ކިބާގައި އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި، ކިޔުމާއި، ލިޔުން އަދި އަޑު އެހުމުގެ ހުނަރުތައް ތަރައްޤީ ކުރުމަށެވެ. ކުލާހުގެ ފީއަކީ މަހަކު -/350 ރުފިޔާއެވެ.

ދަރިވަރުން ކުލާސްތަކަށް ބަހާލެވިފައިވާ ލެވެލް ތަކަކީ:

  • ޕްރީސްކޫލް : (އެލްކޭޖީ، ޔޫކޭޖީ)
  • ސްޓާޓަރ: (ގްރޭޑް 1،2،3)
  • ޕްރީ އިންޓަރ މީޑިއޭޓް: (ގްރޭޑް 4،5)
  • އިންޓަރ މީޑިއޭޓް: (ގްރޭޑް 6،7)

ކުލާހުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން 20 އޯގަސްޓް 2023 ވަނަ ދުވަހުގެ ކުރިން 7591719 ނަމްބަރަށް ދަރިވަރުގެ ނަމާއި، އެޑްރެސް، ގުރޭޑް އަދި ވައިބަރ ނަމްބަރު އެސްއެމްއެސް އަކުން ނުވަތަ ވައިބަރ މެސެޖަކުން ފޮނުވުމުން ދަރިވަރު ކުލާހުގައި ރެޖިސްޓަރ ކުރެވިގެންދާނެއެވެ. ރޯޔަލް ލެންގުއޭޖް އެކަޑަމީގެ ކުލާސްތަކުން ކިޔަވާ ދަރިވަރުންގެ ބެލެނިވެރިން ފާހަގަ ކުރާގޮތުގައި މިކުލާހުން ކިޔަވާ ދަރިވަރުންގެ އިނގިރޭސި ބަހުގެ ފެންވަރު ކުލާހަށް ދާންފެށިފަހުން ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައެވެ. މިކުލާހުން މިހާރު ތައްޔާރުވަމުންދަނީ ކުރިޔަށް އޮތްތަނުގައި އޯލެވެލް ދަރިވަރުން އިމްތިހާނަށް ތައްޔާރު ކުރުމަށް ޚާއްޞަކޮށްގެން ކުލާސްތަކެއްފެށުމަށެވެ.