މައިކޮލެޖް އިހަވަންދޫ ކެމްޕަހުން އެޑިޔުކޭޝަންފެއަރ އެއްބާއްވަނީ

.

މައިކޮލެޖު އިހަވަންދޫ ކެމްޕަހުން ސެޕްޓެމްބަރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ބެހޭގޮތުން މަޢްލޫމާތު ދިނުމަށް ޢާއްމުކޮށް ހުޅުވާލައިގެން އެޑިޔުކޭޝަން ފެއަރ އެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި ފެއަރ އޮންނާނީ 26 އޯގަސްޓް 2023 ވާ ހޮނިހިރު ދުވަހު ހަވީރު 4:00 ން ރޭގަނޑު 9:00 އަށް އިމަގު ވެހީގައެވެ. މި ފެއަރ އިން ގްރޭޑް 10 ނިންމި ދަރިވަރުނަށް އަމާޒުކޮށްގެން އެކުދިން މަތީތަޢްލީމަށް ދިއުމަށް ހުރި ފުރުޞަތު ތަކާއި ބެހޭގޮތުން މަޢްލޫމާތު ދެވިގެންދާއިރު މައިކޮލެޖުން ހިންގާ ސެޓްފިކެޓް ލެވެލް ކޯސްތަކުން ފެށިގެން މާސްޓާސް ލެވެލްގެ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު އޮންނާނެވެ. މައި ކޮލެޖްގެ ކޯސްތައް ހިންގާ ދާއިރާ ތަކުގެ ތެރޭގައި އެކައުންޓިންގ އެންޑް ފިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޓީޗިންގ، އިންފޮމޭޝަން ޓެކްނޮލޮޖީ، އާލީޗައިލްޑް ހުޑް އެޑިއުކޭޝަން، ހޮސްޕިޓަލިޓީ އަދިވެސް މީގެ އިތުރު ދާއިރާތައް ހިމެނެއެވެ. މިކޯސްތަކުގެ ތެރޭގައި ކުލާހަށް ހާޒިރުވެގެންނާއި އަދި އޮންލައިންކޮށް ކިޔެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ކޯސްތައް ހިމެނެއެވެ. މައިކޮލެޖުގެ ޑިގްރީ ކޯސްތަކީ ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔެވޭ ކޯސްތަކެކެވެ. މީގެ އިތުރުން މިފެއަރ ގައި މައިކޮލެޖުން ހިންގާ ރޮބޮޓިކްސް ކޯސްތަކާއި ބެހޭ މަޢްލޫމާތުވެސް ދެވިގެން ދާނެއެވެ. މި ކޯސްތަކަކީ ސްކޫލް ދަރިވަރުންނަށްވެސް ބައިވެރިވެވޭ ގޮތަށް ފަރުމާ ކުރެވެފައިވާ ކުރު މުއްދަތުގެ ޕްރޮގްރާމްތަކެވެ.

މައިކޮލެޖް އިހަވަންދޫ ކެމްޕަހަކީ ހއ. އަތޮޅުގައި މެދުނުކެނޑި އެންމެ ގިނަދުވަސްވަންދެން މަތީތަޢްލީމު ފޯރުކޮށްދެމުން އަންނަ މަރުކަޒެވެ. މިއީ ރަށުގައި ތިބެގެން މަތީތަޢްލީމު އުނގެނުމަށް ލިބިފައިވާ ރަނުގެ ފުރުޞަތަށް ވީއިރު މިފެއަރ ގައި ވީހާވެސް ގިނަފަރާތްތަކުން ބައިވެރިވެ ކޯސްތަކާއި ބެހޭ މަޢްލޫމާތު ހޯދުމަށް މައިކޮލެޖުން ދަޢުވަތު އަރުވައެވެ.

https://www.facebook.com/100063959143183/posts/pfbid0UJ6kpWWysGcw2mumjVG7PWJ5E331efWWxYfLsMtZjV3UxkPmbVttR6E8YNjqSumkl/?mibextid=cr9u03