ވޯޓްލައިގެން ފާފަވެރިއެއް ނުވާނެ – އައްޝައިޙް ޙުސައިން ރީޙާން

.

ދީނާ ޤައުމަށް ފައިދާހުރި ގޮތަކަށް ވިސްނާ، އެމީހަކަށް އެންމެ ރަނގަޅު ފަރާތަކަށް ވޯޓް ދިނުމުން ފާފަވެރި ނުވާނެކަމަށް އައްޝައިޙް ޙުސައިން ރީޙާން ވިދާޅުވެއްޖެއެވެ. އައްޝައިޙް ޙުސައިން ރީޙާން މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އައްޝައިޙް ޙުސައިން ރީޙާން ވިދާޅުވީ ވޯޓަކީ އަމާނާތެއް ކަމަށާ، ދީނާ ޤައުމަށް ފައިދާހުރި ގޮތަކަށް ވިސްނާ، އެމީހަކަށް އެންމެ ރަނގަޅު ފަރާތަކަށް ވޯޓް ދިނުމުން އެއަމާނާތް އަދާކުރެވުނީކަމުގައެވެ. އައްޝައިޙް ޙުސައިން ރީޙާން މިހެން ވިދާޅުވިއިރު، ބައެއް ފަރާތްތަކުން ވޯޓްލުމަކީ ފާފަވެރިވެދާނެ ކަމެއްކަމަށް ބުނެ މީސް މީޑިއާގެ މަންސަ ތަކުގައި ވާހަކަ ދައްކަމުންދާކަން ފާހަގަކުރެވެއެވެ. އަދި ވަކި ކެންޑިޑޭޓަކަށް ވޯޓް ދިނުމަކީވެސް ފާފަވެރިވެދާނެކަމެއްކަމަށް ސިފަކުރަން މަސައްކަތްކުރެއެވެ.