ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމުގެ އުފަލުގައި މިރޭ ހަވާއަރުވަނީ

.

އިހަވަންދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމުގެ އުފަލުގައި މިރޭ ހަވާ އަރުވަން ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަވާ އެރުވުން އޮންނާނީ އިހަވަންދޫ ހިއްކި ބިމުގައި މިރޭ 20:15 ގައެވެ.

މިކަމާ ގުޅިގެން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ، ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމީ އިހަވަންދޫ ރައްޔިތުން އެދިއެދި ތިބި ކަމެއްކަމަށާ، އެކަމުގެ އުފުލުގައި ބައިވެރިވާން ހުރިހާ ރައްޔިތުންވެސް ބޭނުންވާ ކަމުގައެވެ. “އެހެންކަމުން މިކަމުގެ އުފާ އިހަވަންދޫގެ އެންމެހާ ރައްޔިތުންނާއިއެކު ފާހަގަކުރުމަށް ކުރިޔަށްގެންދާ ހަރަކާތެއްމީ” ޝިފާއު ވިދާޅުވިއެވެ.

އިހަވަންދޫގައި އަޅަން ހަމަޖެހިފައިނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މީގެއިތުން މިޕްރޮޖެކްޓްގެ ދަށުން އެކޮމަޑޭޝަން ބްލޮކަކާ ސާވިސް ބިލްޑިންގް އެއްވެސް އިމާރާތްކުރާނެއެވެ. ޑުޕްލެކްސް އާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކަރ ފައިނޭސްގެ އުސޫލުންނެވެ.

ޚިޔާލު ފައުޅުކުރުން

މަހީކުރީ ފެށިފައޭ ބުނެފަ އޮތީމަ މަސައްކަތް މިހާރު ގޮސްފަ އޮތް މިންވަރު އޮންނާނެކަމަށް ރަނގަޅު ކޮއްލަބަ މިހާރު ގެ އަޕްޑޭޓް ވެސް ހިމެނީމަ މި އިނގޭނީ ސްޕީޱު ހުރިވަރެއްވެސް