ހޯރަފުށީ އެއަރޕޯޓް ޖެޓީ ބޭނުން ކުރަންފަށަނީ

.

އިހަވަންދުއްޕޮޅުފެ ވަރަށް ގިނަ ރައްޔިތުންގެ އުއްމީދެއްކަމަށްވާ، ހޯރަފުށީ އެއަރޕޯޓް ޖެޓީ މާދަމާއިން ފެށިގެން ބޭނުންކުރަން ފަށާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ހޯރަފުށީ އެއަރޕޯޓްގައި ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގައި ހުރި ކަންބޮޑުވުން ތުރާކުނާއި ހޯރަފުށި ނޫން، ހއ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުން 2 އޮކްޓޯބަރ 2020 ގަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހިއްސާކޮށްފައެވެ. އެއާއިއެކު ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ފިޔަވާ ހއ އަތޮޅަށް ނިސްބަތްވާ އަނެއް ހަތަރު މެމްބަރުންވެސްވަނީ ރައީސްގެ ސަމާލުކަމަށް އެކަން ގެންނަވާފައެވެ.

ހޯރަފުށީ އެއަރޕޯޓްގައި ޖެޓީ އެޅުމާއި ދެކޮޅަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާއި ހޯރަފުށީ ކައުންސިލުން ދިޔައީ ވަރަށްބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޯރަފުށީ އެއާރޕޯޓުން ފެށިގެން އެރަށުގެ އިރު ދެކުނު ސަރަޙައްދުގައި އަމިއްލަ ޚަރަދުގައި ބިން ހިއްކައިގެން އޮޑި ދޯނިފަހަރު އެހެލާ ސަރަޙައްދަކާއި އަދި ސްލިޕްވޭއެއް ތަރައްޤީކުރުމަށް ޝަޢުގުވެރިވާ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން 5 ނޮވެމްބަރ 2020 ގައި އިއުލާންކުރިއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 5.99 މިލިއަން ރުފިޔާއަށެވެ. ހޯރަފުށި އެއަރޕޯރޓްގެ ޖެޓީގެ އަމަލީ މަސައްކަތްފެށީ މިދިޔައަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ.

ޚިޔާލު ފައުޅުކުރުން

މާދަމާ ޖެޓީ ބޭނުން ކުރަން ފަށާއިރު، އެއަރ ޕޯޓަށް ދާ މީހުންގެ ލަގެޖްތައް ބެލިގަނޑުގައި ދަމާފަތޯ ގަންދަންވީ. ނޫނީ ބޮލަށް ލައިގެން ބޮލުގަތޯ އުފުލަންވީ.