ސީ.ޕީ.އެސް އިން ވޮލީ މުބާރާތެއް ބާއްވަނީ

އިބްރާހިމް ނަޝީދު

އިހަވަންދޫ ކުލަބު ޕޯލްސްޓަރ (ސީ.ޕީ.އެސް) އިން އިންތިޒާމުކޮށްގެން ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގެ ބައިވެރިވުމުގެ ފުރުޞަތު ފިރިހެން ޓީމުތަކަށް ހުޅުވާލައިފި އެވެ.

44 ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނާއި އަޕަރނޯތު ޕޮލިސް ޑިވިޜަނާއި އިމަގު އަދި ސީ.ޕީ.އެސް އާ ގުޅިގެން ޕޮލިސް ކުލަބުން ކުރިއަށް ގެންދިޔަ ވޮލީ ޓްރެއިނިންގ ކޭމްޕުގެ ބައިވެރިންގެ ފެންވަރު ދެނެގަތުމުގެ ބޭނުމުގައި މިމަހުގެ 29 ވަނަ ދުވަހު ފެށުމުށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ސީ.ޕީ.އެސް އިދާރާއިން ލިބެން ހުނާނެކަމަށް ސީ.ޕީ.އެސް އިން މަޢުލޫމާތު ދެއެވެ.

ޕޮލިސް ކުލަބުގެ އެހީތެރިކަމާއެކު އިހަވަންދޫ ހުރަވީ ދަނޑުގައި ކުރިއަށް ގެންދިއުމުށް ހަމަޖެހިފައިވާ މިމުބާރާތުގެ ފިރިހެން ބައިގެ މެޗުތަށް ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ އަންހެން ބައިގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑު އެވެ.

މުބާރާތުގެ ދެބައިންވެސް ޗެމްޕިއަން ޓީމަށް 1500 ރުފިޔާ އަދި ރަނަރަޕް ޓީމަށް 750 ރުފިޔާގެ އިނާމު ހުށައަޅާފައިވާ މިމުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމު މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ކުލަބު އިދާރާއިން ބަލައިގަންނާނެ ކަމަށް ސީ.ޕީ.އެސް އިން މަޢުލޫމާތު ދެއެވެ.