ރަށުގެ ކޮވިޑުގެ ހާލަތު ގޯސް، ޓުރާންސިޓު ފެސިލިޓީގައި އެކަކަށް ފަރުވާ ދޭން ފަށައިފި
ހއ. އިހަވަންދޫން މީގެ ކުރިން ކޮވިޑުގެ ކޭސްތައް ފެންނަމުންދިޔަ ފަހަރުތަކާއި ހިލާފަށް މިހާރުގެ ހާލަތުގޯސްވެ މީގެ ކުރިން އިހަވަންދޫން ކޮވިޑަށް ފައްސި ނުވާ މިންވަރަށް ބައްޔަށް ފައްސިވެއްޖެއެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒުން ބުރާސްފަތި ދުވަހުގެ ހަވީރު ހާމަކޮށްފައިވާ ނަތީޖާ ތަކަށްބަލާއިރު، މިހާތަނަށް 33 މީހުން ވަނީ ކޮވިޑަށް ފައްސިވެފައި ވެއެވެ. މިއަދު ޖުމުލަ 7 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު އެއީ، ރޯގާގެ އަލާމަތްތައް ހުރެގެން ނެގުނު ފުލޫގެ 2 ސާމްޕަލް އާއި ފައްސި ވެފައިވާ ފަރާތްތަކާއި ޑައިރެކްޓު ކޮންޓެކްޓްވެފައިވާތީ ނެގުނު 5 ސާމްޕަލް ކަމަށް އެމަރުކަޒުން ބުނެއެވެ.
މިއަދު ވަނީ ކޮވިޑު ބައްޔަށް ފައްސިވެފައިވާ އުމުރުން 91 އަހަރުގެ މީހަކު މަރުކަޒުގައި ޤާއިމްކޮށްފައިވާ ކޮވިޑް ޓްރާންސިޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފައެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން އެމަރުކަޒުގެ ޒިންމާދާރުވެރިޔާ މުޙައްމަދު އަކްރަމް ވަނީ ރަށުގައި ބަލިފެތުރުން ހުއްޓުވުމަށް ރަށްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ފަރުދީ ޒިންމާ އަދާކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
" ޕޭޝަންޓް ލޯޑް މިއަށްވުރެ ބޮޑުވެއްޖެނަމަ ސިއްހީހިދުމަތްތެރިންނަށް އެކަމުގެ ބުރަ ޑަބަލް ބޮޑުވާނެ" . ކޮވިޑުގެ ކޭސްތައް މެނޭޖުކުރުމުގައި އެންމެބުރަކޮށް ނުރައްކަލަށް ހުށަހެޅިގެން މަސައްކަތްކުރަނީ އެމީހުންކަން ފާހަގަކުރައްވައި އަކުރަމް ވިދާޅުވީ ކޭސްތައް ހިފެހެއްޓުމެއްނެތި އިތުރުވާނަމަ ސިއްޙީހިދުމަތްތެރިން ވަރުބަލި ވެދާނެކަމަށެވެ. ކޮވިޑު ކޭސްތަކާއި ގުޅިގެން މިހާރުވެސް ރަށުގެ 31 ގެއެއްގައި 120 މީހުން ކަރަންޓީނު ކުރެވިފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ރަށުގައި ކޮވިޑު ބައްޔަށް ފައްސިވެފައިވާ ފަރާތަކާއި ކޮންޓެކްޓުވިކަމުގެ ރެކޯޑު ނެތި ރޯގާގެ އަލާމާތްތައް ފެނިގެން ނެގޭ ފުލޫސާމްޕަލްތައް ކޮވިޑުބައްޔަށް ފައްސިވަމުން ދާންފެށުމުން ސިއްހީމަރުކަޒުން ވަނީ އެކަމަށް ރައްޔިތުން ސަމާލުކަންދީ ރަށުގައި ބަލި ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
ސިއްހީމަރުކަޒުން މިއަދު ހާމަކޮށްފައިވާ ޢަދަދުތަކަށް ބަލާއިރު ރަށުން ފެނުނު ފުލޫ ކޭސްތަކާއި ގުޅިގެން ހަވީރުގެ ނިޔަލަށް ޖުމުލަ 142 ސާމްޕަލް އެއް ޓެސްޓުކުރުމަށް ވަނީ ނަގައިފައެވެ. 20 ސާމްޕަލް އެއްގެ ނަތީޖާ އަދި ނުލިބޭއިރު މިއަދު ހަވީރުވެސް ސާމްޕަލް ނެގުމުގެ މަސައްކަތް އެމަރުކަޒުން ކޮށްފައި ވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން 50 އަށްވުރެ ގިނަ މީހުން އެކަހެރިވާން އަންގައިފި
4 - ޖުލައި - 2022
94 ދުވަސް ފަހުން، ބަލިފެތުރޭ ރަށްތަކުގެ ލިސްޓުން އިހަވަންދޫ ނަގައިފި
4 - އޭޕްރީލް - 2022
އިހަވަންދޫން ރެންޑަމް ސާމްޕަލެއް ފައްސިވެ ޖުމުލަ އެކްޓިވް ކޭސްތަކުގެ އަދަދު 50 އަށް
2 - ޖެނުއަރީ - 2022
އަނެއްކާވެސް ފުލޫ ސާމްޕަލްތަކެއް ކޮވިޑަށް ފައްސިވެއްޖެ
29 - ޑިސެމްބަރު - 2021
އަދަދުތައް މައްޗަށް، ރޯގާގެ އަލާމަތްތައް ހުރި ފަރާތްތަކުން ލަސްނުކޮށް އެންގުމަށް އިލްތިމާސްކޮށްފި
27 - ޑިސެމްބަރު - 2021
ފުލޫކޭސްތައް ކޮވިޑަށް ފައްސިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
26 - ޑިސެމްބަރު - 2021
ފުލޫ ކޭސް އެއް ފައްސިވެ އެކްޓިވް ކޭސްތަކުގެ އަދަދު 2 އަށް
24 - ޑިސެމްބަރު - 2021
ހެލްތު ސެންޓަރުގެ މުވައްޒަފެއް ކޮވިޑަށް ފައްސިވެއްޖެ
23 - ޑިސެމްބަރު - 2021
ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ނަތީޖާ ނުލިބެނީސް ދޫކޮށްލާފައި ނުވާނެ: އާމިނާދިޔޯ ސިއްހީމަރުކަޒު
28 - މޭ - 2021
އިހަވަންދޫގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ޖެހޭ 1139 މީހުން އެބަތިބި
25 - މޭ - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް