މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ތަޢާރަފްކޮށްފައިވާ ޑިޖިޓަލް ލައިސަންސް ކާޑު ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ބޭނުން ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔަ ކޮށްފައިވާ ޢިއުލާނެއްގައިވަނީ ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ބޭނުންކުރެވޭނެ ރަސްމީ ލިޔުންތައްވެސް ކިޔައިދީފައެވެ. އެގޮތުން ވޯޓުލުމަށް ބޭނުންކުރެވޭނެ ރަސްމީ ލިޔެކިޔުންތަކަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ދިވެހި ޕާސްޕޯޓު، ޕާސްޕޯޓު ކާޑު އަދި ދިވެހިރާއްޖެއިން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑެވެ. މިމަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓްލުން ބާއްވާފައިވާއިރު ދެވަނަ ބުރައް ދަތުރުކުރި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒް އަދި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދާއި ދެމެދު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން އޮންނާނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.