ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި
ޢަބުދުﷲ ޙަމީދު
17 - ޖެނުއަރީ - 2022
ހޯރަފުށީގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން އެ ރަށުގައި ފަށައިފިއެވެ.
އެރަށު މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމާއި އެރަށު ކައުންސިލްގެ ރައީސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ރަށުގެ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފައްޓައިދިނީ ހޯރަފުށީގެ އިސް ރައްވެހިންނެވެ.
ހޯރަފުށީގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގައި ފުރަތަމަ ތަރައްޤީކުރަނީ ރަށުގެ 11މަގެކެވެ. މީގެތެރޭގައި ރަށުގެ އެންމެ ބޮޑު 6 މަގު ހިމެނެއެވެ. އެއީ އެކި ޚިދުމަތްތަކަށް ރަށުގެ ރައްޔިތުން އާއްމުކޮށް ބޭނުންކުރާ މަގުތަކެވެ. މަގުހެދުމުގެ މަޝްރޫޢުތަކުގައި 3 ފަރުމާއެއްގެ މަގުތައް ހިމެނެއެވެ.
އެމްޓީސީސީން ބުނެފައި ވަނީ މި މަޝްރޫޢުގެ ދަށުން، 11 މަގެއް، ޖުމްލަ 3.5 ކިލޯމީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ. އަދި 909,25 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދު ލެވަލްކޮށް ތާރުއަޅައި ތަރައްޤީކުރުމާއި، 114،11އަ ކަމީޓަރު ސަރަޙެއްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން މަގުބައްތި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ މި މަޝްރޫޢު މިއީ 90.71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ގުޅުން ހުރެދާނެ ލިޔުން
ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
މިމަސް ނިމުމުގެކުރިން ހޯރަފުށީ އެއާޕޯޓްގެ ޖެޓީ ނިންމަން މިދަނީ މަސައްކަތްކުރަމުން – އާދަމް އާޒިމް
11 - ޖުލައި - 2023
ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
1 - ޖުލައި - 2021
ހޯރަފުށި ފެރީ ޓާމިނަލްގެ އަމަލީ މަސައްކަތް ފަށައިފި
15 - އޭޕްރީލް - 2021
ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި
20 - ޖެނުއަރީ - 2021
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް މިމަހުގެ 8 ގެ ކުރިން ނިންމަނީ
4 - ނޮވެމްބަރު - 2020
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ހޯރަފުށި ހިމެނޭހެން 13 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ!
18 - ޖުލައި - 2026
އެމް.ޓީ.ސީ.ސީ އިން އިހަވަންދޫ އޮޕަރޭޝަން ކުރިޔަކަށް ނުދާކަމަށް ބުނިއިރު، ހަވާލުކޮށްފައިވާ ބޮޑެތި މަޝްރޫއުތައް އޮތީ ހުއްޓިފައި!
12 - މޭ - 2026
ދިއްދޫގައި ދަނާލެއް އިމާރާތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް