މިއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ކުރިޔަށްދާއިރު އިހަވަންދޫގައި ބަހައްޓާފައިވާ 3 ވޯޓް ފޮށްޓަށް ވޯޓްލުން ކުރިޔަށް ގޮތުގެ އަޕްޑޭޓް ގެނެސްދިނުމަށް ކުރިޔަށްގެންދާ ހާއްސަ ކަވަރޭޖެކެވެ. އިހަވަންދޫގައި ބަހައްޓާ 3 ވޯޓް ފޮށްޓަށް މިބުރުގައި ވޯޓްލުމުގެ ހައްޤު ލިބިގެންވަނީ 1761 މީހަކަށެވެ. މިއީ ފުރަތަމަ ބުރުގައި މި ފޮށިތަކަށް ވޯޓްލުމުގެ ހައްޤު ލިބުނު 1,817 މީހުންނަށް ވުރެ 56 މީހުން މަދު އަދަދެކެވެ. ވޯޓް ފޮށިތައް ބަންދުކުރިއިރު ވޯޓްލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން 1658 މީހަކު ނުވަތަ %94.1 މީހުން.ވަނީ ވޯޓް ލާފައެވެ.