ކަރަންޓް އަދި ފެން މީޓަރުން ރީޑިން ނެގުމަށްފަހު ވަގުތުން ބިލް ދޭ ހިދުމަތް މިމަހުން ފެށިގެން ފަށަނީ
ކަރަންޓް އަދި ފެން މީޓަރުން ރީޑިން ނެގުމަށްފަހު ބިލް ފަހުން ފޮނުވުމުގެ ބަދަލުގައި ވަގުތުން ބިލް ހަވާލުކުރާ ހިދުމަތް ފެނަކަ އިހަވަންދޫ ބުރާންޗުން މިމަހުން ފެށިގެން ފަށާނެ ކަމަށް ބުނެފިއެވެ.
ފެނަކަ އިހަވަންދޫ ބުރާންޗުން މިއަދު އާއްމުކުރި ދެންނެވުމެއްގައި ވަނީ މިހިދުމަތް ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާތީ މިމަހުގެ 25 އަދި 26، މިދެދުވަހު ހެނދުނުން ފެށިގެން ހަވީރުގެ ވަގުތުތަކުގައި އެބުރާންޗުގެ މުވައްޒަފުން ރީޑިންގ ނެގުމާއި ބިލްހަވާލުކުރުން ކުރިއަށްގެންދާނެ ކަމަށެވެ.
މިވަގުތުތަކުގައި ގެތަކުގެ ކަރަންޓު އަދި ފެން މީޓަރުން ފަސޭހައިން ރީޑިންގ ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ފެނަކަ އިހަވަންދޫ ބުރާންވުން އެދިލައްވައެވެ.
ރީޑިން ނެގުމަށްފަހު ކަރަންޓް ބިލް ފަހުން ފޮނުވުމުގެ ބަދަލުގައި ވަގުތުން ކަރަންޓްބިލް އަތައް ދޭ ހިދުމަތް ފެނަކައިން ރަސްމީކޮށް ފަށާފައި ވަނީ ނިމިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ. މިހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނިން ބުނެފައި ވަނީ، އެ ހިދުމަތް ތައާރަފް ކުރެވުމާއެކު ބިލުތަކުގައި ދިމާވާ މައްސަލަތައް ދެނެގަނެވި، އެކަމަށް އަވަސް ހައްލެއް ހޯދައިދެވިގެން ދާނެ ކަމަށެވެ. އަދި ރައްޔިތު މީހާގެ ގޭގައި ބަހައްޓާފައި ހުންނަ މީޓަރުން ރީޑިންގ ނެގުމާއެކު، ހިދުމަތް ލިބިގަންނަ ފަރާތައް އެމީހާ ދައްކަން ޖެހޭ ފައިސަގެ ތަފްސީލު ވަގުތުން ލިބޭނެ ކަމަށާއި، ބިލު ވަގުތުން ލިބުމާއެކު "ފެނަކަ ބިލް ޕޭ" އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.
ފެނަކައިން ބުނީ އެ އެޕްލިކޭޝަން ތައާރަފް ކުރެވުމާއެކު، ބިލު ޕްރިންޓު ކުރުމަށް ފެނަކައިން ކުރާ ހަރަދު އެތައް ގުނައެއް ދަށް ކުރެވޭނެ ކަމަށެވެ. އެގޮތުން، ރީޑިންގ ޑިވައިސް މެދުވެރިކޮށް ނެގޭ ބިލުތަކަކީ ތާމަލް ޕްރިންޓް ކުރެވޭ ބިލުތަކެއް ކަމަށާއި، އޭގެ ސަބަބުން ޕްރިންޓު ކުރަން ހޭދަވާ ހަރަދު ކުޑަ ކުރެވޭނެ ކަމަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް، މާދަމާ 3 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
21 - ނޮވެމްބަރު - 2025
އަލަށްގެނަ 1 މެގަ ވޯޓްގެ ޖަނަރޭޓަރ އިންސްޓޯލްކޮށްފި
12 - ފެބްރުއަރީ - 2025
ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެނީ
13 - މާރިޗު - 2024
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް މާދަމާ، ކަރަންޓް ކަނޑަނީ
12 - ޖެނުއަރީ - 2024
އަލަށްދޫކުރި ގޯތިތަކުގައި ނަރުދަމާ ބަހައްޓާނެ ލޮކޭޝަން 22 ޖުލައިގެ ކުރިން އެންގުމަށް އެދިއްޖެ
24 - ޖޫން - 2023
މިއަދު ހަވީރު މުޅިރަށުން ކަރަންޓް ކަނޑާލަނީ
5 - އޮކްޓޯބަރު - 2022
އެޗްވީ ކޭބަލް އެޅުމުގެ މަސައްކަތް ފަށައިފި
18 - ޖުލައި - 2022
ވޯލްޓޭޖު ޑުރޮވުޕްމުގެ މައްސަލަ އަލިމަގެއް ފެނުމުގެ މަގުމަތީގައި
6 - މޭ - 2021
ފެނަކަ ބިލްތަކަށް އެޕް މެދުވެރިކޮށް މިހާރު ފައިސާ ދެއްކޭނެ
11 - ޖޫން - 2020
މެއި މަހުގެ ބިލްތަކަށްވެސް ގޭގައި ތިބެގެން ފައިސާ ދެއްކޭނެ : ފެނަކަ އިހަވަންދޫ ބުރާންޗު
4 - ޖޫން - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް