އަރަބި، އިސްލާމީ ގައުމުތަކުން އިސްރާއީލާ ގުޅުން ކަނޑާލުމަށް ހަމާސްގެ ތަރުޖަމާނު ގޮވާލައްވައިފި

.

އަރަބި އަދި އިސްލާމީ ގައުމުތަކުން އިސްރާއިލާ ގުޅުން ކަނޑާލައި ސަފީރުން އަނބުރާ ގެންދިއުމަށް، ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ތަރުޖަމާނު އުސާމާ ހަމްދާން ގޮވާލައްވައިފިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތަކާއި އދ އިން އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވުމަށްޓަކައި އެ ޤައުމުތަކުގެ އަޚްލާޤީ ޒިންމާ އުފުލަން ޖެހޭކަމުގައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 704 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. އދ އިން ބުނާ ގޮތުގައި މިމަހުގެ 7 ގެ ފަހުން، މިސްރުގެ ރަފަހް ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަދެފައިވަނީ އެންމެ 54 ލޮރީގެ އެހީއެވެ. އެއީ ކުރިން ދުވާލަކު އެބޯޑަރު ހުރަސްކުރާ 400 ލޮރީއާއި ބަލާއިރު ވަރަށްވެސް މަދު އަދަދެކެވެ.  އދ ގެ ސެކެރީޖެނެރަލް އެންޓޯނިއޯ ގުޓަރޭސް މިއަދުވަނީ، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަގުތުން ހަމަލާތައް ބަދަލުކުރުން ހުއްޓައިލުމަށް ގޮވާލާފައެވެ. “އަޅުގަނޑަށް ސާފުކޮށް ދަންނަވާލަން، ހަތިޔާރު އެޅި ހަމަނުޖެހުމެއްގެ އެއްވެސް ފަރާތަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނަށް ވުރެ މަތީ ފަރާތެއް ނޫން،” އދ ގެ ސަލާމަތީ މަޖިލީހުގެ ޖަލްސާގައި ގުޓަރެސް ވިދާޅުވި އެވެ.

ސޯސް: އަލްޖަޒީރާ